މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރު ކޮއްފި
.webp)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަނގުލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ނަޒްމުލް ހައްގު (32އ)އެވެ. އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
އޭނާ މަސްތުވާތަކެތި އެތެރެކުރި އަދަދާއި އެއީ ކޮންބާވަތެއްގެ މަސްތުވާތަކެތިކަމެއް ވެސް ބަންދު އަމުރުގައި ނުބުނެއެވެ.
ބަންދު އަމުރުގައި ބުނިގޮތުގައި ތުހުމަތުކޮށްފައިވާ ކުށް ނަޒްމުލް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކިލިބިފައިވެއެވ.ެ އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއ،ި ކޮންޓްރޯލް ޑެލިވަރީ ހިންގުމުގެ ހުއްދަ އާއ،ި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި މީނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ހުށަހަޅާފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ބިދޭސީން ޝާމިލުވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މި ސަރުހައްދުން އިންޑިއާއިން ވަނީ ދާދި ފަހުން ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.