ކުދި ވިޔަފާރިތަކަށް ބޭރުން ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި ރާއްޖޭގެ ޓެކް ކުންފުނި، ޖަވާބުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވަނީ ރާއްޖެއިން ބޭރުން ފައިސާ ލިބުމުގައި ދިމާވާ ދަތިކަމާ ގުޅޭ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބުނު ނަމަވެސް ވިޔަފާރިތަކަށް އަދިވެސް އެ ހިދުމަތް ނުލިބޭކަމަށް ޖައިލަމް ވިދާޅުވިއެވެ.
އަދި ޑޮލަރުން އާމްދަނީ ލިބޭގޮތަށް ބީއެމްއެލްގެ ގޭޓްވޭގެ ހިދުމަތް ލިބެނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަށް އެކަނި ކަމަށާއި ނަމަވެސް އާންމު ވިޔަފާރިތަކަށް ވެސް އެ ގޭޓްވޭއަށް އެކްސެސްވެވޭނަމަ ޓްރާންސެކްޝަންތައް ހަދަން ފަސޭހަވަގެންދާނެ ކަމަށެވެ.
"ޕޭޕަލްއައިމަ އިތުރު އަނެއްކާ ފަރަންޖީ ބަޔަކަށް ޓެކްސްތަކެއް ނުވަތަ އެއްބައި މިޑުލްމެންއެއް މި އަންނަނީ. އޭގެ ބަދަލުގައި ދިވެހި ޕްރޮޑަކްޓެއް އެބައޮތް. ދިވެހި ކުންފުނިތަކަށް މީތި ބޭނުންކުރެވޭ ގޮތަށް ހެދިއްޖިއްޔާމު އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ" ޖައިލަމް ވިދާޅުވިއެވެ.
ޖައިލަމްގެ ވާހަކަތައް އައްސަވައި ރައީސް ވިދާޅުވީ އެކަންކަން ހައްލުކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.