Saturday, 14 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެކުނު އެފްރިކާގެ ސަފީރުކަމުގެ ފަތްކޮޅު, އެ ޤައުމުގެ ރައީސަށް އަރުވައިފި

ދެކުނު އެފްރިކާއަށް ރާއްޖެއިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޑރ. ހާލާ ހަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ސިރިލް ރަމަޕޯސާއަށް އަރުވައިފިއެވެ.

ފޮޓޯ: ޚާރިޖީ ވުޒާރާ
ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖެއިން ދެކުނު އެފްރިކާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޑރ. ހާލާ ޙަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ސިރިލް ރަމަޕޯސާއަށް އަރުވައިފިއެވެ.

މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެ ޤައުމުގެ ޕްރެޓޯރިއާގައެވެ.

މި ކާމިޔާބީއާ ގުޅިގެން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑރ. ހާލާއަށް މަރުހަބާ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ޚާރިޖީ ދާއިރާ އާއި އާންމު ޚިދުމަތުގެ ދާއިރާއިން ޑރ. ހާލާ ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދެކުނު އެފްރިކާގެ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް ޑރ. ހާލާ އައްޔަން ކުރަން ރައްޔިތުންގެ މަޖީލީހުން ރުހުން ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.

ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ޑރ. ހާލާ ވަނީ މީގެކުރިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި، ސްވިޒަލޭންޑްގެ ސަފީރުކަމުގެ އިތުރުން ސްވިސް ފެޑެރަލް ކައުންސިލްގެ ނޮން-ރެސިޑެންޓް ސަފީރުކަން ވެސް ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.