އިހުތިރާމްކޮށް އެކަކު އަނެކަކުގެ އަބުރު ރައްކާތެރިކުރާ ބަޔަކަށް ވާންޖެހޭ: ރައީސް

އިހުތިރާމްކޮށް އެކަކު އަނެކަކުގެ އަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ގޮވާލެއްވީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ރޭ އިފްތިތާހުކޮށްދެއްވުމަށް ފަހު ޥާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އެހެންވެ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އެކަކު އަނެކަކުގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ.
އަދި އަޅުގަނޑުމެންގެ އިސްލާމްވަންތަ ކަމާއި ދިވެހި ވަންތަކަމުގެ ރޫހަކީ އިހުތިރާމްކުރުމާއި އެކަކު އަނެކަކަށް ގަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަކު އަނެކަކުގެ ކަރާމަތާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުކަން ދޭން ޖެހޭ. މީހުންނަށް އިހާނަތިކޮށް ހިތުމާއި މަލާމާތްކުރުމާއި ނުރުހޭ ވަނަންތައް ކިޔުމާއި ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހީންގެ ފަހުރުވެރި މާޒީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަހުލާގާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.