Sunday, 15 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުއްޔަށް މަސްތުވާތަކެތި އެތެރެކުރި އަންހެން މީހާ އެއްބާރުލުމެއް ނުދޭ، ބަންދުގެ މުއްދަތު އިތުރުކޮށްފި

މުއްޔަށް މަސްތުވާތަކެތި އެތެރެކުރި އަންހެން މީހާ އެއްބާރުލުމެއް ނުދޭ، ބަންދުގެ މުއްދަތު އިތުރުކޮށްފި

 

 

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޅ. ނައިފަރު/ ނިއާމު، ފާތިމަތު ސަނާ ހުސެއިން (31އ)އެ މައްސަލައިގައި ހައްޔަރުކުރީ މި މަސް ފެށުނު ތަނާއެވެ. އެ މައްސަލައިގައި އޭނާ ހުރީ 10ދުވަހަށް ބަންދުވެސްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޝަރުތުތަކަކާއެކު ދޫކޮށްލުމަށް އޭނާ އޮތީ އެދިފައެވެ. ނަމަވެސް އޭނާ ތަހުގީގަށް އެކަށީގެންވާ އެހީތެރިކަން ނުލިބޭކަމަށާއި އަދި  ތަހުގީގަށް ބޭނުންވާ ފޯނާ ގުޅޭ ކޯޑެއް ދިން ނަމަވެސް އެ ކޯޑުން ފޯނު ނުހުޅުވުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ސަނާގެ ބަންދުގެ މުއްދަތު އިތުރު 15ދުވަހަށް އިތުރުވެސްކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސަނާގެ ލަގެޖުން މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއްގައި ހެރޮއިން ހުރިކަމަށެވެ. އަދި އޭނާއަކީ އަމަލީ ގޮތުން މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅޭ މީހެއް ކަމަށާއި އޭނާގެ ފޯނުން ވެސް އެފަދަ މުއާމަލާތްތައް ފެނިފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން ތުހުމަތުކުރާގޮތުގައި ސަނާ އެކަންކުރީ  ބަޔަކާ ގުޅިގެންނެވެ

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.