ފުލުހުންގެ އަސާސީ ތަމްރީން ކޯހުގައި "އިހުތިރާމް" މާއްދާ ހިމަނަނީ

ފުލުހުންގެ އަސާސީ ތަމްރީން ކޯހުގައި "އިހުތިރާމް"މާއްދާ ހިމަނަން ނިންމައިފިއެވެ.
އިހުތިރާމް އަދާރާމުކުރުމުގެ ގައުމީ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމަވާފައިވާ ކަމަށެވެ.
އޭގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހުލާގު އަލުން އިޔާދަކުރެއްވުމަށް އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާއިރު އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ"ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، ރޭ ރަސްމީކޮށް އިފްތިތާހުކުރި މި މަޝްރޫއުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ


-1.webp)


ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.