Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑާއެކު އިދިކޮޅު ނެތިދިއުމުގެ ބިރު ހީވެފައި ވަނިކޮށް މިއީ ލިބުނު އުފާވެރި ޚަބަރެއް: ފައްޔާޒު

ކޮވިޑާއެކު އިދިކޮޅު ނެތިދިއުމުގެ ބިރު ހީވެފައި ވަނިކޮށް މިއީ ލިބުނު އުފާވެރި ޚަބަރެއް: ފައްޔާޒު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން ތައްޔާރު ކުރި 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ތަފާތު ޓުވީޓެއް ކުރައްވައިފިއެވެ.

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޑިމޮކްރަޓިކް ނިޒާމް ދެމިއޮތުމަށް އިދިކޮޅު އޮޕޮސިޝަނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި، ކޮވިޑުގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އޮޕޮސިޝަން ނެތި ދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި، ޗައިނާއިން ރާއްޖެއަށް 100،000 ޑޯޒް ވެކްސިން ހަދިޔާ ކޮށްދޭ ޚަބަރަކީ ވަރަށް ވެސް އުފާވެރި ޚަބަރެއް ކަމުގައެވެ.

https://twitter.com/faya_i/status/1357325972198989825?s=21

Advertisement
Allied Insurance — Square (box)

ރާއްޖެއަށް އެންމެ ފުރަތަމަ 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްދިނީ އިންޑިއާއިންނެވެ. އަދި އެއީ އޮކްސްފޯޑް އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ވެކްސިނަކަށް ވާއިރު، މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ލިބިފައިވާ ވެކްސިނެއް ވެސް ނޫނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ޗައިނާއިން ހަދިޔާކުރާ ވެކްސިނާ ގުޅިގެން ޓްވީޓް ކުރެއްވިއިރު އިދިކޮޅުން ވަނީ އެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް