މަޑަވެލިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ

ގދ.މަޑަވެލި ހޯމް ކަރަންޓީނުގައި ތިބި އިތުރު 2 މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެއެވެ.
މަޑަވެލި ކައުންސިލުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓީނުގައި ތިއްބާ ފައްސިވި ދެމީހުންނަކީ ބިދޭސީން ކަމަށާއި ކޮވިޑަށް ފައްސިވެފައިވާ ފަރާތްތައް އެއްވެސް މީހަކާ ބައްދަލު ވެފައި ނުވާ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ފައްސި ވެފައި ވަނީ 109 މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 78 މީހުންނާއި، އަތޮޅުތެރެއިން 11 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 20 މީހަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،656 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،556 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 54 އެވެ.