ޚަބަރު

ޑޮލަރުގެ އަގު ހިފަހައްޓަން އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަކާ ނުކުޅޭނަން : އެމްއެމްއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑޮލަރުގެ އަގު ހިފަހައްޓަން އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކުގައި އަތް ނުލާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

Ads by STELCO

އެގޮތުން މަރުކަޒީ ބޭންކުން މިއަދު ބުނީ އަމިއްލަ މީސްމީހުންގެ ޑޮލަރު އެކައުންޓާ ކުޅުމަކީ އެއްވެސް އިރެއްގައި އެ ބޭންކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އޮންލައިން ސައިޓެއްގައި ޖެހި ލިޔުމަކާ ގުޅިގެން އެބޭންކުގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ ޑޮލަރުގެ އަގު ކޮންޓްރޯލުކޮށް ކަޅު ބާޒާރު ނައްތާލަން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"މި ގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ،" ނާސިޙު ވިދާޅުވިއެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި އާންމު ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވިއެވެ.

ޑޮލަރުގެ އަގު މިހާރު ވަނީ 18ރ. އިން މައްޗަށް އަރައިފައެވެ. ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކޮވިޑާ އެކު ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ރާއްޖޭގެ އިގުތިސާދަށް ކުރި ނުބައި އަސަރުތަކުގެ ސަބަބުން ޑޮލަރެއްގެ އަގު 19ރ އަށް ވުރެ ވެސް މައްޗަށް އެދުވަސްވަރު އެރިއެވެ. ނަމަވެސް ފަތުރުވެރިކަން އަލުން ރަނގަޅުވާން ފެށުމުން މަޑުމަޑުން ޑޮލަރުގެ އަގު އަންނަނީ ތިރިވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!