ޚަބަރު

ރިލްވާން ގެއްލުނު ރޭ ފެނުނު ވަޅި އާ ގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުނު ރޭ ފެނުނު ވަޅި އަކާ ބެހޭ މައުލޫމާތު ހުށަހަޅާ މީހަކަށް ބޮޑޫ ފައިސާގެ އިނާމެއް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މަރު ކޮމިޝަނުން މިއަދު އެ ވަޅީގެ ފޮޓޯ އާންމުކޮށް، ބުނީ އެއީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅި ކަމަށެވެ.

މި ވަޅި އާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭހުރި މީހެއް ނަމަ އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.

"ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިލްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 50،000ރ (ފަސްލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ކޮމިޝަނުން އަރުވަމެވެ." އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ. އެ ނަންބަރުން ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!