Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތާ ބެހޭ ގޮތުން ކުރެއްވި ޓްވީޓާ ގުޅިގެން ޝުޖާއު ޢުޘްމާން ބާކައުންސިލަށް ހާޟިރުވާން އަންގައިފި

ރައީސް ޔާމީންގެ ޝަރީޢަތާ ބެހޭ ގޮތުން ކުރެއްވި ޓްވީޓާ ގުޅިގެން ޝުޖާއު ޢުޘްމާން ބާކައުންސިލަށް ހާޟިރުވާން އަންގައިފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާހާ ހިނދަކު ރައީށް ޔާމީނަށް ފަނޑިޔާރުގެއަކުން އިންސާފެއް ނުލިބޭނެ ކަމަށް ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައި ބާ ކައުންސިލަށް ޙާޟިރުވުމަށް އަންގައިފިއެވެ.

ޝުޖާއު ޢުޘްމާން ބާ ކައުންސިލަށް ޙާޟިރުވުމަށް އަންގާފައި ވަނީ މާދަމާ ހަވީރު 5:15 އަށެވެ. ބާ ކައުންސިލުން ބުނެފައި ވަނީ ޝުޖާއު ޢުޘްމާން އެ ކައުންސިލަށް ޙާޟިރު ވާން އަންގާފައި ވަނީ ޝުޖާޢު އުޘްމާނަށް ރައްދުވާ ގޮތަށް ހައިކޯޓުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

https://twitter.com/shujauu/status/1300706257230200832?s=21

Advertisement
Allied — Dhen Online (box)

ރައީސް ޔާމީނުގެ މައްޗަށް ތަފާތު ގިނަ މައްސަލަތައް ހުށަހަޅާ ޖޭއެސްސީން އެ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޚާއްޞަކޮށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަޙުމަދު ހައިލަމް ، ހުކުމް ކުރަން މަދު ގަޑިއިރު ކޮޅަކަށް ވެފައި ވަނިކޮށް ލޫކީ މައްސަލައެއްގައި ވަކިކޮށް ، ހަމަ އެފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް އޮތް ފަނޑިޔާރު އަލީ ރަޝީދު އިސްވެ އިންނަވާ ރައީސް ޔާމީނަށް ހުކުމް ކުރުމުން އެ ޙުކުމަކީ ސިޔާސީ ޙުކުމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ޢަލީ ރަޝީދަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ދެއްވީ އެކަމުގެ ހަދިޔާއެއްގެ ގޮތުން ކަމަށް އިދިކޮޅުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް