ކޮވިޑް-19: އައްޑޫ ހައިސްކޫލްގެ ދަރިވަރަކު ފައްސި ވެއްޖެ

އައްޑޫ ހައިސްކޫލްގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި އެކުއްޖާ މިބައްޔަށް ފައްސިކަން އެނގުނީ މިއަދު ހަވީރުއެވެ.
އެކުއްޖާއަކީ އައްޑޫސިޓީ ހިތަދޫ ކްލަސްޓާ ގައި ހިމެނޭ 18 މީހުންގެ ތެރެއިން އެކަކެވެ.
ހިތަދޫން މިކްލަސްޓާ އުފެދިފައި ވަނީ، ކަރަންޓީނުގައި ނެތް ދެ މީހަކު އެރަށުން މިމަހުގެ 5 ވަނަ ދުވަހު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
މި ކްލަސްޓާއަށް ނިސްބަތްވާ މީހުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ތިބިއިރު، ގދ. ތިނަދޫގައި ވެސް މި ކްލަސްޓާއަށް ނިސްބަތްވާ އެކަކު އެބަހުއްޓެެވެ.
މި ކްލަސްޓާއާ ގުޅިގެން އައްޑޫ ސިޓީ އާއި ތިނަދޫއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.