Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާމެންދޫގައި ހިނގި މާރާމާރީއާ ގުޅިގެން 3 މީހަކު ހައްޔަރު ކޮށްފި

މާމެންދޫގައި ހިނގި މާރާމާރީއާ ގުޅިގެން 3 މީހަކު ހައްޔަރު ކޮށްފި

ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

Advertisement
Ooredoo — Truecaller (box)

މާމެންދޫ ގައި ރޭގައި ހިނގި މި ގްރޫޕު މާރާމާރީގައި، އަހުމަދު އުދައްޔު ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ މަރާލާފައެވެ.

ގްރޫޕަކުން މިމާރާމާރީ ހިންގާފައި ވަނީ ދެބެއިންނަށް ހަމަލާދީގެންނެވެ. އެގޮތުން އެހަމަލާގައި އުދައްޔުގެ ބޭބެއަށް ވެސް ވަނީ އަނިޔާ ވެފައެވެ. އުދައްޔު ނިޔާވެފައި ވަނީ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރުގައި އޮއްވައެވެ.

ފުލުހުން ވިދާޅުވީ، އެރަށުގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާކަމަށް ރޭ 22:10 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހުން  ޒަހަމް ކޮށްލާފައި ވާކަމަށާއި ފަރުވާއަށް އެ ދެމީހުން ގއ. ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް