Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގއ.ކަނޑުހުޅުދޫއިން މީހަކު ފައްސިވެއްޖެ

ގއ.ކަނޑުހުޅުދޫއިން މީހަކު ފައްސިވެއްޖެ

ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީނު ގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަނޑުހުޅުދޫ ހެލްތް ސެންޓަރު ޕަބްލިކް ހެލްތު ހިންގުމާ ހަވާލުވެ ހުންނެވި ސޫދާ ނާޒިމް "ދެން" އަށް ވިދާޅުވީ، ފައްސިވެފައި ވަނީ 21 އަހަރުގެ އަންހެނެއް ކަމަށެވެ.

ސޫދާ ވިދާޅުވީ މި މީހާ ފައްސިވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުގެ ސަބަބުން ކަރަންޓީނުގެ 6 ވަނަަ ދުވަހު ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ. ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފައްސިވި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި މި ކޭހާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސޫދާ ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް