Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފި!

ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފި!

ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފިއެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އުފެއްދި މި ވެކްސިނަށް ޑަބްލިޗްއެޗްއޯ އިން ވަނީ ވަގުތީ ގޮތުން ބޭނުން ކުރަން ހުއްދަ ދީފައެވެ.

އެގޮތުން މި ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީ މީހުންނަށެވެ. އަދި މިގޮތަށް ލަފާ ދީފައި ވަނީ މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

Advertisement
Ooredoo — Square (box)

ޑަބްލިއުއެޗްއޯއިން މި ވެކްސިނަށް ހުއްދަ ދީފައި ވަނީ ބައެއް ގައުމުތަކުން މި ވެކްސިން 65 އަހަރުން މަތީ މީހުންގެ ގަޔަށް ނުޖަހަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ޖެހުމުގެ ހުއްދަ ދެވުމާއެކު އެ ގިންތީގެ މީހުންގެ ގަޔަށް ޖެހުމަށް ވެސް ވެކްސިން ދެވިދާނެކަމަށް އެޑްވައިޒަރީ ގްރޫޕްގެ ޗެއާމަން އެލެޖަންޑްރޯ ކްރަވިއޯޓޯ ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްދިނީ އިންޑިއާއިންނެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް