Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އޮމަދޫ ފުޓްބޯޅަ ދަނޑުމަތީ ހިނގި މާރާމާރީއެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ފަރުވާއަށް މާލެއަށް

އޮމަދޫ ފުޓްބޯޅަ ދަނޑުމަތީ ހިނގި މާރާމާރީއެއްގައި ޒަޚަމްވި  ކުޑަ ކުއްޖަކު ފަރުވާއަށް މާލެއަށް

އދ.އޮމަދޫ ފުޓްބޯޅަ ދަނޑުމަތީ ހިނގި މާރާމާރީއެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު 18:10 ކަންހާއިރު ދަނޑުމަތީގައި ކުޅެން އުޅުނު ކުދިބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 18 އަހަަރުން ދަށުގެ ކުއްޖަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުން އަންނަ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެެއެވެ.

Advertisement
Ooredoo — Square (box)

ފަހަކަށް އައިސް ރާއްޖޭގައި މާރާމާރީތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިމަހު ކުރީ ކޮޅުމާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގާފައިވާއިރު، މިދިޔަ ހަފްތާގައި ގއ.މާމެންދޫގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ވަނީ މަރާލާފައެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް