Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ހުކުރު ނަމާދަށް ފަހު މުޞައްލަ ފޮޅުން: ބަދަލު ކުރަން ޖެހިފައި އޮތް އާދައެއް!

ހުކުރު ނަމާދަށް ފަހު މުޞައްލަ ފޮޅުން: ބަދަލު ކުރަން ޖެހިފައި އޮތް އާދައެއް!

ކޮންމެ ހުކުރު ދުވަހަކު ވެސް ހުކުރު ނަމާދަށް މާލޭގެ ގިނަ މިސްކިތްތައް ފުރެއެވެ. އަދި މިސްކިތްތައް ފުރި މިސްކިތުން ބޭރުގައި ވެސް ސަފު ހަދަން ޖެހެއެވެ. އެހެންކަމުން، ތަންކޮޅެއް ފަހުން ހުކުރު ނަމާދަށް ދާ މީހުން ގިނަ ފަހަރަށް ދަނީ މުޞައްލައެއް ހިފައިގެންނެވެ. އަދި މިސްކިތުން ބޭރުގައި ނަމާދު ކުރަނީ މުޞައްލަ އަޅައިގެންނެވެ.

ހަމަ ޔަގީނުން ވެސް މަގުމަތީގައި މުޞައްލަ އެޅުމުން މުޞައްލައިގައި ހިރަފުސް ހަރުލާނެ ކަން ޔަގީނެވެ. އެހެންކަމުން، ނަމާދުކޮށް ނިންމާލާ ގޮތަށް މުޞައްލަ ފޮޅުމަކީ އެންމެ ސާފުތާހިރު ގޮތްތޯ ވިސްނާލުން ބުއްދިވެރިއެވެ. އެކަމުގެ ސަބަބުން އަނެކާއަށް ހިރަފުހުގެ އަސަރުކޮށް ނޭވާލާން އުނދަގޫވެ ރޯގާ ޖެހިދާނެ ކަމާމެދު ވެސް ވިސްނާލުން މުހިންމެވެ.

މިއަދު އަޅުގަނޑުމެންގެ މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަޅުގަނޑުމެން އެންމެން މިވަނީ އިތުރަށް ރައްކާތެރިވާން ޖެހިފައެވެ. މާސްކު އެޅުން މަޖުބޫރުވެ ގައިދުރުކުރަން މަޖުބޫރު ވެފައެވެ. އެހެން ނަމަވެސް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ވެސް އަޅުގަނޑުމެންނަށް ފެނިގެންދާ މަންޒަރަކީ ހަމަ، ހުކުރު ނަމާދު ނިންމާލާ ގޮތަށް އެންމެންގެ ތެރޭގައި މުޞައްލަ ފޮޅާލާ މަންޒަރެވެ. އޭގެ ސަބަބުން އަނެކާއަށް ވާނެ ގެއްލުމަކާ ދޭތެރޭ ނުވިސްނައެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_66729" align="alignnone" width="690"]<img class="wp-image-66729 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/photo6181297442297850845-1024x768.jpg" alt="" width="690" height="518" /> ދެން އިމޭޖްސް/ ޢާލިމް އަބްދުއްލަތީފް[/caption]

މި ކަމަކީ ނުހަނު ކުޑަ ކަމެއްގެ ގޮތުގައި ތިމާއަށް ހީވެފައި އޮތަސް ހަގީގަތުގައި މިއީ ކުޑަ ކަމެއް ނޫނެވެ. މިއީ މިއަދު ގައުމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މައްސަލައެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ ކަން ގައިމެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މިފަދަ އިޖުތިމާއީ މައްސަލަތައް ހައްލު ނުވާނަމަ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންގެ ކިބައިގައި ވެސް ހަރުލާނީ މިފަދަ ނޭދެވޭ އާދަތަކެވެ.

އަމިއްލަ ދަރިފުޅު ގޮވައިގެން ހުކުރަށް ގޮސް އެ ދަރިފުޅުގެ ކުރިމަތީގައި، މީހުން ގަނޑު ތެރެއަށް މުޞައްލަ ފޮޅާލުމުން އެ ދެވެނީ ކޮންކަހަލަ މެސެޖެއް ތޯއެވެ. އެ ކަމަކީ ނަމާދުކޮށް ނިންމާލުމަށްފަހު ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވެސް އެ ދަރިފުޅަށް ދަސްވެދާނެއެވެ.

ގަބޫލު ކުރިޔަސް، ނުކުރިޔަސް މިއީ މިއަދު ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިކަމުގެ ސަބަބުން ބަޔަކު މީހުން ބަލިވެސް ވެދާނެއެވެ. އަދި މިއީ އެންމެ ސާފުތާހިރު ގޮތް ނޫން ކަން ވެސް ޔަގީނެވެ. އެހެންކަމުންް މިކަންތައް އަޅުގަނޑުމެން ގަބޫލު ކޮށް މިއާދަ ބަދަލު ކުރަން އެބަޖެހެއެވެ. މީހުން ގަނޑު ތެރޭގައި މުސައްލަ ނުފޮޅާ ގެއަށް ގޮސްފައި ނުވަތަ މީހުން ނެތް ތަނަކަށް ގޮސްފައި ވެސް މުޞައްލަ ފޮޅާލެވިދާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް