ޚަބަރު

ދަގަނޑޭ އާއި އަކުރަމް އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޓީމްގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ދިވެެއްސަކު ޓްވީޓު ކުރުމުން ގިނަ ބަޔަކު އެކަމަށް ނުރުހުން ފާޅު ކޮށްފިއެވެ.

Ads by Sosun Fihaara

"ސޫޒަން" ނަމަކަށް ކިޔާ މި މީހާ، ތަޖުރިބާކާރު އަދި ދިވެހީންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އަޝްފާޤް އަދި އަކްރަމްގެ ފޯސްޓަރެއް ރީޓްވީޓްކޮށް، ބުނެފައިވަަނީ ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށެވެ. އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެއެވެ.

ސޫޒަންގެ މިޓްވީޓާއެކު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އަޝްފާޤް އަދި އަކުރަމް ދިފާޢުކޮށްފައި ވެއެވެ. ބެލެވޭ ގޮތުގައި ދިވެހި ޤައުމަށް ގިނަ ޝަރަފުވެރި ވަނަތަކެއް ހޯދުމުގެ މޭސްތިރިން ކަމަށްވާ އަޝްފާޤް އަދި އަކްރަމް އަށް ނިސްބަތްކޮށް "ނިރުބަވެރިން" ކަމަށް ސިފަ ކޮށްފައި ވަނީ، އެދެމީހުން ރަސޫލާގެ ސުންނަތާ އެއްގޮތަށް ތުބުޅި ދިގުކޮށްފައި ހުރުމުންނެވެ. އަދި ދަނޑު ގޮއްވާލަފާނެ ކަމަށް ބުނެފައިވަނީ ދާދި ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާޢަތަކުން ސުކޫލެއްގެ ލެބޯޓަރީއެއް ގޮއްވާލަން ރޭވި ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

"ސޫޒަން"ގެ މި ޓްވީޓާއެކު ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އަޝްފާގާއި އަކްރަމްގެ ދިފާޢުގައި ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ ކަންކަމާމެދު މި ގޮތަށް މީހުން ބަސްބުނެ އުޅުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ ތުނބުޅި ދިގު ކުރުމަކީ ކީރިތި މާތް ނަބިއްޔާގެ ސުންނަތުން ވެސް ސާބިތުވާ ކަމަކަށް ވާތީއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ((عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أنْهِكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) متفق عليه މާނައީ: “ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފު ކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)”

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

((عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌ މާނައީ: އަބޫ ހުރައިރާ ރަޟިޔަالله ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި  ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާ (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ.

Ads by HDC
  1. މޫސާ

    މިގައުމުގަ އަހަރެން ހިންހަމަނުޖެހޭ ކޮންމެ މީހަކު ކަރުގާ ޓެރެރިސްޓް މެޑެލް އެޅުވުނީމަ އެކަންނިމުނީ އަދި ހާސަކޮށް ހެދުނުގެ ުޟުހާ ު ިނަމާދު ކުރާ ކަން މީހަކަ އެގިއްޖެއިޔާ އެމީހާފަހަތުން ފާރަލާނެ އެމީހަކު ވެސް ޓެރިސްޓު ޖަމާއަތަކާ ގުޅުނީ

  2. ސޫދާން

    އަޝްފާޤް އަކީ ކުރިން ވަރަށް ރީތި ކޮން ހުންނަ މީހެއް މިހާރު ވަރަށް ހަޑި ތުނބުޅި ގޮނޑުކޮން އޮތީމަ ތުނބުޅި އަކީ ރީތިކޮންވެސް ބެހެއްޓޭނެ އެއްޗެއް. ސާފްތާހިރު ގޮތުގަ ތިބެން އަންގާފައޮންނަނީ.

    • ޙަލި

      ހެެހެ.. ގޮނޑު ވަކިވޭތަ ގޮނޑު.. މަބުނީ ކަޑަވިޔަސް މިނޫން ގޮތެއް ނެތް.

    • މުޙަންމަދު

      ތި ދެ ކުޅުން ތެރިންނަށް ބުނެލަން އޮތީ، އެހެން ސިފަކުރީތީވެސް ތިކަން ދޫނުކުރައްޗޭ.. ޝައިޠާނުންނަށް ނުހެއްލޭށޭ! ޖެޙޭނީ އެހެން ތެޅިތެޅި ތިބެން. ކުރާނީ އަސަރެއް.

  3. މުހައްމަދު

    ހެވީ ރޮކް މިޔުޒިކް ކުޅޭ މީހުން ތިބޭހެން ހާމުންޑި ކުކުޅެއްހެން ބޯ ހާވާލަިގެން މަތިމަސް އަނގަޔަށް ވަންނަ ވަރަށް ދިގުކޮށް ބެހެއްޓި ނަމަ އެ ވާނީ ފެޝަނަކަށް މީހުން ވަރަށް ޤަބޫލުވިސް. އަދި އެއީ ވަރަށް ސާފު ތާހިރު ރީތި ގޮތެއް ކަމުގައި ދެކުނިސް.

  4. މައިތިރި

    ހަމަ ޖާހިލުކަން ބޮޑީ