Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކަނޑުހުޅުދޫން އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ކަނޑުހުޅުދޫން އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަނޑުހުޅުދޫ ހެލްތު ސެންޓަރުން "ދެން" އަށް މައުލޫމާތުދެމުން ވިދާޅުވީ، ފައްސިވެފައި ވަނީ ހޯމް ކަރަންޓީންގައި އެއްކޮށް ތިބި ހަތަރު މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

އަދި ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 4 މީހުން ފާހަގަ ކުރެވުނު ކަމަށެވެ.

Advertisement
Ooredoo — Square (box)

“ފެމިލީ ހަތަރު މީހުން އުޅުނީ އެއްކޮށް ކަރަންޓީނުގައި ތިބީ. އެތަނުން ފުރަތަމަ ފައްސިވި މީހާގެ ފިރިމީހާ މިއަދު ފައްސި ވީ. ދެން ތިބި އަންހެނަކާ ކުޑަކުއްޖަކު ނެގެޓިވް ވީ. ފައްސި ވި ދެ މީހުން މިހާރު ވަކި ކޮށްފައި ތިބީ” ހެލްތް ސެންޓަރުން މައުލޫމާތުދިނެވެ.

މިއީ ކަޑުހުޅުދޫއިން ފައްސިވި 2 ވަނަ މީހާއެވެ. މިހާތަނަށް  މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 17،507 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،142 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 56 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް