ޚަބަރު

އަޝްފާޤާއި އަކްރަމްއަކީ ބަޠަލުން : މަޙްލޫފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ބަޠަލުން ކަމުގައި ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވެފައި މިވަނީ އަޝްފާޤާއި އަކުރަމް އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ، ފާޑުކިޔާފައި ދިވެެހި އަންހެނަކު ޓްވީޓު ކުރުމާ ގުޅިގެންނެވެ.

"ސޫޒަން" ނަމަކަށް ކިޔާ މި މީހާ، ތަޖުރިބާކާރު އަދި ދިވެހީންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އަޝްފާޤާއި އަކްރަމްގެ ފޯސްޓަރެއް ރީޓްވީޓްކޮށް، ބުނެފައި ވަަނީ ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށާއި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށެވެ.

މިކަމާއި ގުޅިގެން މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުނބުޅި ހުންނަ ހުރިހާ ފިރިހެނުންނާއި ބުރުގާ އަޅާފައި ތިބޭ ހުރިހާ އަންހެނުންނަކީ ހައްދު ފަހަނަ އަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމުގައެވެ.

"މުޖުތަމައެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން. ޚިޔާލު ތަފާތު ވިޔަސް، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކޮށްގެން އުޅެން ދަސް ކުރަން ޖެހޭ" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!