ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކުރި ބަޔަކު ކުޅުންތެރިންނަށް ފުރައްސާރަ ކޮށްގެން ހައިރާނެއް ނުވޭ””
ދިވެހިރާއްޖޭގެ ގައުމީ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓަށް ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު ވެސް ރައްދެއް ދެއްވައިފިއެވެ.
ޢަލީ ރަމީޒު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ މީގެކުރިން "އެމީހުން" ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފައިވާއިރު، ފުޓްބޯޅަ ކުޅުންތެރިންނަށް މިއަދު ފުރައްސާރަ ކޮށްގެން ހައިރާން ނުވާ ކަމަަށެވެ.
"އެފަދަ ދެއްކުންތެރިން، ފުޓުބޯޅަ ކުޅުންތެރިންނަށް މިއަދު ފުރައްސާރަ ކޮށްގެން ހައިރާނެއް ނުވޭ. އެމީހުން މީގެކުރިން ވަނީ އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) އަށް ވެސް ފުރައްސާރަ ކޮށްފަ. އިސްލާމްދީނާއި މުސްލިމުންނަށް ހަޖޫ ޖެހުމަކީ އަބަދުވެސް އެފަދަ ދެއްކުންތެރި މީހުންގެ މިޝަނެއް" ޢަލީ ރަމީޒް ވިދާޅުވިއެވެ.
"ސޫޒަން" ނަމަކަށް ކިޔާ މީހަކު ވަނީ އަޝްފާޤް އަދި އަކްރަމްގެ ފޯސްޓަރެއް ރީޓްވީޓްކޮށް، ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށް ބުނެފައެވެ. އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށް ވެސް އެޓްވީޓްގައި ބުނެފައިވެއެވެ.
އެޓްވީޓާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ސޫޒަންއަށް ވަނީ ލިބިފައެވެ.