މައުމޫން ވިދާޅުވި ބަސްފުޅަކީ ދޮގުވެރި ކައްޒާބެއްގެ ބަހެއް: ޝެއިޚް އާދަމް ނިޝާން
މިޔުޒިކާއި ލަވަކިޔުމަކީ ހަރާމްކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވި ބަސްފުޅަކީ ދޮގުވެރި ކައްޒާބެއްގެ ބަސް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.
އެއްވެސް ކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށާއި އެ އިލާހު ޙަރާމް ކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެކަންކަމުގެ ތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވުމާ ގުޅިގެން ޝެއިޚް އާދަމް ނިޝާން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެއީ ދޮގުވެރި ކައްޒާބެއްގެ ބަސް ކަމަށެވެ.
"މިފަދަ މީހަކު، އިސްލާމްދީނުގައި ފަރުޟު ކުރެވިފައި ފަސް ނަމާދު އޮންނަ ކަމަށް، ކޮންމެ ނަމާދެއްގައި މިވެނި ޢަދަދަކަށް ރަކުޢަތް އޮންނަ ކަމަށް އަދި ނަމާދުގެ ޙަރަކާތްތަކާއި ކިޔަންވީ ދުޢާތައް ތެދު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަދި ހަމައެގޮތަށް ފިރިހެނުންނަށް ރަނާއި ފަށުވި ފޭރާން ޙަރާމްކަމަށް، އަނބިމީހާގެ ބޮޑު ދައިތައިންނާއި އެއްވަޤުތެއްގައި ކައިވެނި ކޮށްގެން އުޅުން ޙަރާމް ކަމަށް، ޙިމާރުގެ މަސްކެއުން ޙަރާމްކަމަށް، މީގެ އެއްވެސް ކަމެއް އަދި މިނޫން އެތައް ކަމެއް ވެސް ޙަރާމްކަމަށް ޤުރްއާނުގައި އެއްވެސް ދަލީލެއް ނެތެވެ." ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.
މައުމޫން ދައްކަވާ ވާހަކަފުޅު ޤަބޫލުކުރާކަށް ދެން ރަނގަޅެއް ނުވާނެ. ޤުރްޢާންގައި “މިއުޒިކް” މި ލަފުޒު ލިޔެފަ ނެތަސް ރަސޫލާގެ ހަދީޘް ބަފްފުޅުތަކުން އެއީ ހުއްދަނޫން ޝައިޡޯނީ އެއްޗެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮއް އެނގެން އެބަ އޮތް.
ވަރަށް ސަލާމް
މައުމޫންް ވިދާޅުވީ ރަނގަޅަށް
މައުމޫނު ވިދާޅުވީ ރަގަޅަށް. މިއުޒިކު ހަރާމް ކަމަށް ވަންޏާ ހަރާމް ކުރެއްވި ސަބަބު ކޮބާތޯ؟ ރިބާ ހަރާމްވީ ސަބަބު ސާފު. ޒިނޭ ހަރާމްވީ ސަބަބު ސާފު!
ފަގުދި ތަންކޮޅެ ބޮނޑުކޮއްފަ ތުބުޅި ބެހެއްޓީމަކަ ދެން އެއޮތީ އިސްލާމްދީ ތިމާމީހާ ބޭނުންގޮތަކަށް މާނަކުރުމުގެ ލައިސަންސް ލިބިފަ ދޯ
ޢިލްމު ވެރިންގެ މެދުގައި ހަރާމް ހަލާލު ގެ މައްޗަށް ބަހުސް ކުރެވޭ ކޮންމެ ކަމެއްގެ މައްޗަށް ބިނާކުރެވޭ އުޞޫލެއް އޮންނާނެ. އެ އުޞޫލު ގައި ހިފީމާ ނިމުނީ.
ޚިޔާލު ފޮނުވާފައިވާ ބޭފުޅުންގެ ދީނީޢިލްމ އިތުރު ކުރައްވާ އެބޭފުޅުން އިސްލާމް ދީންމަތީގައި ދެމިތިބުމުގެ ތަޢުފީޤު ދެއްވާފާންދޭ އާމީން
ރައްބު ހަރާމް ކުރިކަމަކަށް މައުމޫނަށް ފެނިފައިވަނީ އެންމެ ކަމެއް ނުންތޯ އެއީ ބަގުރާ އުފުލުން !
ނަމާދު ކުރާގޮތް ޤުރްއާން ގައޮއިގޮތް ހިތް ހަމަ ނުޖެހުމަކީ ތިމާ ޤުރްއާނައް އިތުބާރު ނުކުރުން .
ކަލޭ ތި އަޅައިގެން އިން ފޮތިގަޑުންވެސް އެބަ އެގޭ ތީ ޖާހިލެއްކަން. އަރަބި ދުނިޔޭގެ ވެސް ހުރިހާ ޖާހިލުން ތިބޭނީ ތި އެއްޗެއް އަޅައިގެން ކަކުލަށް ތުބުޅި ދިގުކޮށްގެން
ބުރުގަ އެޅުންމަށް ޤުުރުއާނުން ޙުތްޖަތެއް ނުފެނުނު މައުމޫނައް މިއުޒީކު ހަރާން ނުވުމުގެ ދަލީލެއް ނުފެނުމަކީ