ޚަބަރު

ކޮވިޑާ ގުޅިގެން ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް/ ޢާލިމް ޢަބްދުއްލަތީފް

ކޮވިޑް19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ކުރު ކުރަން ނިންމައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކިޔާ ހުތުބާ ކުރިއަށް ވުރެ ކުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ހުކުރު ހުތުބާ ކުރުކުރަން ނިންމާފައި މިވަނީ ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވެ، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައި ވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ވެސް ވަނީ އެއްތަނަކަށް އެއްވެ އުޅުމުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް، ނަމާދު ކުރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުމަށް ހުކުރު ނަމާދު ހުތުބާ ކުރުކޮށް، ނަމާދު ކުރުމަށް ހޭދަކުރާ ވަގުތު ކުރު ކުރުމަށް އަންގާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މީގެ ކުރިން ހުއްޓާލާފައެވެ. ތިން މަސް ދުވަހަށް ފަހު މިސްކިތްތައް އަލުން ހުޅުވާލާފައި ވަނީ ގިނަ ފިޔަވަޅުތަކަކާއެކުއެވެ.

  1. ިދަގަނޑޭ

    ހޫންންން……ހުކުރު ޚުތުބާ ދިގުވި ވަރަކަށް ކޮވިޑް ޖެހޭ ވަރު ގިނަ ވާނެ. އަދި އެންމެ ގިނަ ވާނީ މިސްކިތްތަކުގަ ނަމާދު ކޮށް ބަންގި ގޮވަންޏާ. ވަރެއްގެ ކަމެއް ސަހާދެއް މިބުނީ