Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާމެންދޫ މާރާމާރީ: މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެނެސްފި

މާމެންދޫ މާރާމާރީ: މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެނެސްފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަަނޑު ރާއްޖެ ގެނެސްފިއެވެ.

މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މިމާރާމާރީގައި އުދައްޔުގެ ބޭބެ ވެސް ޒަޚަމްވިއެވެ.

އުދައްޔުގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުންނެވެ.

Advertisement
Allied — Dhen Online (box)

ތޫނު އެއްޗަކުން ހަމަލާދީ އުދައްޔު މަރާލީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ މާމެންދޫ ގައެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރު ކުރި 5 މީހެއްގެ ތެރެއިން 3 މީހެއްގެ ބަންދުގެ މުއްދަތަށް 10 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 25 އަހަރާއި 27 އަހަރުގެ ދެމީހުންނާއި 23 އަހަރު އަދި 18 އަހަރުގެ ދެ މީހެކެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު މީގެ ތިން ދުވަސް ކުރިން އިންޑިއާއަށް ގެންދިޔުމަށްފަހު މާލެ ގެނެސްފައި ވަނީ މިއަދުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް