Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

މާލޭގެ ހިތް ފަސޭހަ މައިޒާންތަކާއި ބިނާތައް ވީރާނާވާން ދޫކޮށްލެވިފައި

މާލޭގެ ހިތް ފަސޭހަ މައިޒާންތަކާއި ބިނާތައް ވީރާނާވާން ދޫކޮށްލެވިފައި

ވެރިރަށް ފުރަމާލެއަކީ ރާއްޖޭގެ ހިތެވެ. ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިޖުތިމާއީ ބަދަހިކަން އެ ރަށެއްގެ މައްޗަށް ބިނާވާ ތާރީޚީ ރަށެވެ. އެހެން ނަމަވެސް ދަރީންނަށް ކިޔަވައިދިނުމާއި ސިއްޙީ ބޭނުންތަކަށާއި އާމްދަނީ ހޯދުން ފަދަ ޒަރޫރީ ބޭނުންތަކުގައި މި ކުޑަކުޑަ މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު ގިނަކަމާއެކު މި ރަށް ވެފައި ވަނީ ތޮންޖެހުން ބޮޑު އަދި ހިތްފަސޭހަކަން ކުޑަ މާހައުލެއްގެ ގޮތުގައެވެ.

ހިތް ފަސޭހަ ރަށަކަށް މާލެ ހަދައި މި މައްސަލައިގެ އެއް ހައްލުގެ ގޮތުގައި މާލޭގައި ވަނީ ހިތްފަސޭހަ އެތައް މައިޒާންތަކަކާއި ޕާކްތަކެއް ތަރައްޤީ ކޮށްފައެވެ.

މި މައިޒާންތައް އެންމެ ބޮޑަށް ވުޖޫދުވެގެން ދިޔައީ ނިމިދިޔަ ވެރިކަމުގައެވެ. އެ ވެރިކަމުގައި ހައުސިން މިނިސްޓަރކަން ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުން 12 ޕާކެއް ނުވަތަ މައިޒާނެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރިއެވެ. އެގޮތުން ޖުމްހޫރީ މައިދާން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެތަނުގައި ފަންވާރެއް ހަދާ ، ބަންދު ދުވަސްތަކުގައި އާއިލާތައް ކުޑަކުދީން ގޮވައިގެން ވަގުތުތައް ހޭދަ ކުރާ ތަނަކަށް އެތަން ވެގެން ދިޔައެވެ. ސަލްޓަންޕާކާއި ހިތްގައިމު ، ތަނަވަސް ރަސްފަންނާއި ސުނާމީ ބިނާގެ އިތުރުން ހެވީ ވެހިކަލްތަކާއި ކޮންކްރީޓް މެޝިންތައް ޖަމާކޮށް ބަރާކޮށްފައި ހާބަރު ކަޑަތަކުގެ ސަރަހައްދު މުޅީން ބަދަލުކޮށް ޒަމާނީ ފުޑްކޯޓެއް އުފަންވެގެން ދިޔައެވެ. ޞިއްޙީ އެތައް މައްސަލަތަކެއް އޮތް އެތަން ސާފުތާހިރު ތަނަކަށް ވެގެން ދިޔައެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ހަނިހަނި ގޯޅިތަކުން ވެހިކަލްތަކުގެ އަޑުތައް ކަނޑުވާލާ ، އެ ގޯޅިތަކުގައި ދިރިއުޅޭ ކުޑަކުދީންނަށާއި ދުވަސްވީ ރަށްވެހީންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ވެހިކަލް ނުދުއްވޭ ގޯޅިތަކެއްގެ ގޮތުގައި 7 ގޯޅި ބަދަލު ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ގޯޅީގައި ގަސް އިންދާ ، ޖޯލިފަދަ ތަކެތި ބަހައްޓާ އެ ގޯޅިއަކީ ރީތި ހިތް ފަސޭހަ ތަނަކަށް ހެދިގެން ދިޔައީ އެ ގޯޅިތަކުގައި ދިރިއުޅޭ ރަށްވެހީންނަށް ހިތަ ފަސޭހަކަން ލިއްބައި ދެމުންނެވެ.

އެހެން ނަމަވެސް ޚާއްޞަކޮށް ކުޑަކުދީންނާއި ދުވަސްވީ އަދި އެކި އުމުރުފުރާތަކުގެ މީހުން ބޭރަށް ނިކުމެލާ މަޑުކޮށްލުމަށް ހެދި މި މައިޒާންތަކާއި ރީތި ޕާކްތަކުގައި މިއަދު ރީތި ކަމެއް ނެތެވެ. އެތަންތަން ވަނީ ވީރާނާވެ ފަޅުވެފައެވެ. ހިތްގައިމު މި މައިޒާންތަކުގައި މިއަދު ދިރުމެއް ނެތެވެ.

[caption id="attachment_66119" align="alignnone" width="449"]<img class=" wp-image-66119" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_6788-300x200.jpg" alt="" width="449" height="299" /> ހިތްގައިމު ސުނާމީ ބިނާ، މިހާރު އޮތީ ވީރާނާ ވެފައި --- ދެން އިމޭޖަސް / އިބްރާހިމް ޝަމްވީލް[/caption]

މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިތަންތަނުގެ މިހާރުގެ ޙާލަތާއި އަދި ހިތް ފަސޭހަ މައިޒާންތަކެއް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހާމަ ކުރައްވާފައެވެ. މުއިއްޒު ގެނެސްދެއްވާ "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އެމަނިކުފާނު ވިދާޅުވީ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅޭ މި މާލޭގައި ހިތް ފަސޭހަ މައިޒާންތަކެއް ނެތުމާ ގުޅިގެން އެފަދަ ތަންތަން ތަރައްޤީ ކުރުމަކީ ރައީސް ޔާމީން ވަރަށް އިސްކަން ދެއްވި ކަމެއް ކަމަށާއި އެގޮތުގެ މަތީން ހެދިގެން ދިޔަ ތަންތަން ނުބެލެހެއްޓުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ބިނާތައް ނުބެލެހެއްޓޭނަމަ އެފަދަ ތަންތަން ނުހެދުން ވެސް މާ ރަނގަޅު ކަމަށް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.

އޭލެވެލް ނިންމެވުމަށްފަހު އެންމެ ފުރަތަމަ ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގެ މާލޭ ފިޒިކަލް ޕްލޭނިން އެންޑް ޑިޒައިނިން ސެކްޝަންގައި ވަޒީފާ އަދާކޮށް ޕާކްތައް ކުރެހުން ފަދަ މަސައްކަތުން މި ދާއިރާއަށް ވަދެވަޑައިގެންނެވި މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ޙައްޤު މިންވަރަކީ އެތަންތަން ވީރާނާވާން ދޫކޮށްލުން ނޫން ކަމަށާއި އެފަދަ ތަންތަނަކީ ދިރުން ހުރި ތަންތަނުގެ ގޮތުގައި އަލުން ހެއްދެވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އަދި މި މާލޭގެ ބިން ކުޑަ ނަމަވެސް އަދި އިތުރަށް ވެސް ތަރައްޤީ ކުރެވޭނެ ބިންތައް އެބަހުރި ކަމަށް ވިދާޅުވެ ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވައިފިނަމަ ހިތް ފަސޭހަ މާލެއަކަށް ހެދުމަށް ޓަކައި މައިޒާންތަކާއި ޕާކްތައް ތަރައްޤީ ކުރުމުގައި ގެންގުޅުއްވާނެ ވިސްނުންފުޅު ހާމަ ކުރެއްވިއެވެ.

"ބިމަކީ ބޭނުންތައް ބަދަލުކޮށްގެން އުފެއްދޭ އެއްޗެއް، މާލޭގައި އެބަހުރި އެތަންތަނުގެ ބޭނުން ރަނގަޅަށް ނުހިފޭ ކޮށިކޮއްޓާއި ބިން ، ރައްޔިތުންގެ ބައިވެރިވުމާއެކު އަޅުގަނޑު ޕްލޭންތައް ހަދާ ސަރުކާރަށް ހުށަހަޅާނީ ، އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު އެ މަސައްކަތްތައް ކުރިއަށް ގެންދިޔުން" ފައިމަގުގައި އުޅޭ ހިތް ފަސޭހަ ގޯޅިތަކުގެ ގޮތުގައި 20 ގޯޅި ތަރައްޤީ ކުރެވެން އަދި އެބައޮތް ކަމަށް ހާމަ ކުރައްވަމުން މުޢިއްޒު ވިދާޅުވިއެވެ.

[caption id="attachment_66120" align="alignnone" width="461"]<img class=" wp-image-66120" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_6780-1-300x200.jpg" alt="" width="461" height="307" /> ރަސްފަންނުގެ ކެފޭ ސަރަހައްދު، އެއްވެސް ވަރަކަށް ބެލެހެއްޓުމެއް ނެތް -- ދެން އިމޭޖަސް/އިބްރާހިމް ޝަމްވީލް[/caption]

މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވައުދުތަކުގައި ހިމެނޭ “ހިތް ފަަސޭހަ މަގުމަތި” އަދި ޗާލު މާލެ ސިޓީ”ގެ އުއްމީދު ރައްޔިތުންގެ ބައިވެރިވުމާއެކު ހާސިލް ކުރެވޭނެ ކަމަށެވެ. އަދި ޕާކްތަކާއި މައިޒާންތައް މެއިންޓެއިންކޮށް އާތަންތަން އުފައްދާ ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަކީ ކާމިޔާބު ކުރެވޭނެ ކަމެއް ކަމަށާއި އެއީ އެމަނިކުފާނުގެ އުއްމީދެއް ކަމަށް މުއިއްޒު ތަކުރާރު ކުރެއްވިއެވެ.

[caption id="attachment_66124" align="alignnone" width="450"]<img class=" wp-image-66124" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_6773-300x201.jpg" alt="" width="450" height="302" /> އިސްކަންދަރު މައިޒާން، ޖޯލިފަތިތައް ވަނީ ހަލާކުވެފައި -- ދެން އިމޭޖަސް / އިބްރާހިމް ޝަމްވީލް[/caption]

&nbsp;

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް