ޚަބަރު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ވެކްސިނަށް އަދި ބަރޯސާ ނުވެވޭނެ: ޓެގް ޓީމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށްފަހު މަވެސް ޖަހައިފިން ބޯޑާ އެކީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށް ގެންދާ ގައުމީ ވެކްސިން ޕްރޮގްރާމާއެކު ގިނަ ބަޔަކު ބަލިން ރައްކާތެރިވުމުގައި ފަރުވާ ކުޑަކުރަމުން އަންނަ ކަމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

Ads by STELCO

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ހާރޑް އިމިއުނިޓީއެއް ބޭނުންވާ ކަމަށާއި އެކަމަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގައި ހާރޑް އިމިއުނިޓީ އެއް އުފެއްދުމަށް ކިހާ ދުވަހެއް ނަގާނެ ކަން އަދި ބުނަން ނޭނގޭ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިންއަށް އަދި ބަރޯސާ ނުވެވޭނެ ކަމަށާއި ވެކްސިން އިން ލިބެނީ މައިގަނޑު ދެ ފައިދާއެއް ކަމަށެވެ. އެގޮތުން އެއް ކަމަކީ ބަލި ޖެހޭ މިންވަރު ދަށް ކޮށްދިނުން ކަމަށާއި ދެވަނަ ކަމަކީ ބަލި ޖެހުނު ނަމަވެސް ބަލީގައި ހާލު ސީރިއަސްވުން ކުޑަ ކޮށްދިނުން ކަމަށެވެ. ގިނައިން ވެކްސިން ޖަހާފައިވާ ގައުމުތަކުގައި ބަލީގައި ހާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ވެފައިވާކަން ވެސް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޓެގް ޓީމްގެ ފަރާތުން ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ވެކްސިންގެ އަސަރު ފެންނާނީ ދެ ޑޯޒަށް ފަހުގައި ކަމަށާއި ވެކްސިން ކެމްޕޭނު ކުރިއަށް ދިއުމަކީ ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށެވެ.

"ވެކްސިން ކެމްޕޭނު ކުރިއަށް ދިޔަސް ފަރުވާ ކުޑަވެގެން ނުވާނެ ވެކްސިން އަކީ ވަރަށް އަވަހަށް ކުއްލިއަކަށް އަދަދުތައް ކޮންޓްރޯލް ކުރާ މެޝާއެއް ނޫނޭ މީ. ވެކްސިނުން މުޖުތަމައުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަސަރެއް ފެންނާނީ ވެސް އަސްލުގަ ދެ ޑޯޒް ޖެހިގެން. އަދި އާބާދީގެ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ޖެހިގެން. އެހެންވީމަ ވެކްސިން އަކީ މިވަގުތު ބަލި ޓްރާންސްމިޝަން ކޮންޓްރޯލް ކުރުމަށްޓަކައި މިވަގުތަށް ބަރޯސާ ވެވޭނެ ފިޔަވަޅެއް ނޫން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!