ޚަބަރު

މާލޭގެ ސުކޫލްތަކުގެ ކިޔެވުން އަނެއްކާވެސް އޮންލައިން ކުރަން ނިންމައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
އިމާދުއްދީން ސްކޫލް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާލޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ މާލޭގެ ސުކޫލްތަކުގައި ގްރޭޑް 8އާ ހަމައަށް ކިޔެވުން އޮންލައިން ކުރަން ނިންމައިފިއެވެ.

Ads by STELCO

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލްތަކުގެ ކިޔެވުން ގްރޭޑް އަށަކާ ހަމައަށް އޮންލައިން ކުރަން ނިންމީ މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވި ކަމާއެެކު ފެތުރެމުން ދިއުމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން މިއީ ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށާއި މާދަމާއިން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާނެ ކަމުގައި ވެސް އިއުލާން ގައި ބުނެފައިވެއެވެ. އެހެން ކަމުން އެލްކޭޖީ އިން ފެށިގެން ގްރޭޑް 8އާ ހަމައަށް ކިޔެވުން ކުރިއަށް ދާނީ އޮންލައިން ކޮށް ކަމަށް ވެސް މި އިއުލާންގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!