ލައިފްސްޓައިލް

މާސްކު އަޅައިގެން ވެސް ފޭސްއައިޑީ ބޭނުން ކުރެވޭގޮތް އެޕަލް އިން ހަދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް 19އާ ގުޅިގެން އެންމެން މާސްކު އަޅަން ޖެހުމުން، ފޭސް އައިޑީ ބޭނުން ކޮށްގެން އައިފޯނު ނުހުޅުވޭ މައްސަލައިގެ ޝަކުވާ ބޮޑުވެ، އެންމެ ފަހުން އެޕަލް އެކަން ހައްލު ކުރުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

އެޕަލް އިން ވަނީ އައިފޯނުތަކުގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު، މާސްކު އަޅައިގެން ހުރެ ވެސް އައިފޯނު އަންލޮކް ކުރެވޭނެ ކަމަށް ބުނެފައެވެ. އައިއޯއެސް 14.5 ގައި މި ފީޗަރ ލާފައިވާ ކަމަށް އެޕަލް އިން ބުނެފައިވީ ނަމަވެސް، އައިއޯއެސް 14.5 ރިލީޒް ކުރާނެ ތާރީހެއް އެޕަލްއިން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުމަށް މަޖުބޫރު ވެފައިވާއިރު ގިނަމީހުންނަށް އެންމެ ބޮޑު އުނދަގުލަކަށް ވަނީ ފޭސްއައިޑީ ބޭނުންކޮށް ފޯނު ހުޅުވުމަށެވެ. މާސްކުގެ ސަބަބުން މޫނުގެ ބޮޑުބައެއް ފޮރުވިފައިވުމުގެ ސަބަބުން ފޭސްއައިޑީއަށް މޫނު ޑިޓެކްޓެއް ނުވެއެވެ.

ފޭސް އައިޑީން ފޯނު ނުހުޅުވުމުން ދެން ޖެހެނީ ޕާސްވޯޑް ޖަހާށެވެ. ދުވާލެއްގެ މައްޗަށް އެތައް ފަހަރަކު ޕާސްވޯޑް ޖަހަން ޖެހުމުން އައިފޯނު ގެންގުޅޭ މީހުން އަންނަނީ އެމީހުންގެ ޝަކުވާތައް ބަންޑުން ކުރަމުންނެވެ.

މިކަން ހައްލުކުރުމުގެ ގޮތުން މީގެ ކުރިން އެޕަލްއިން ވަނީ އެޕަލް ވޮޗް އަންލޮކް ތައާރަފް ކޮށްފައެވެ. ދެ ޑިވައިސް ޕެއާކޮށްފައި ހުންނައިރު އައިވޮޗުން ފޯނު އަންލޮކް ކުރެވެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެޕަލް އިން ދަނީ އެންމެ ފަހުގެ އައިޕެޑް އެއާގައި ހުންނަ ފަދަ ޓަޗް އައިޑީ ފިންގަޕްރިންޓް ރީޑާ އެއް އައިފޯން 13 ގައި ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން އެ ފޯނުގައި ތަފާތު ދެ ބަޔޯމެޓްރިކް އޯތިޓިކޭޝަން ހުންނާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!