ރިޕޯޓް

ދިއްގަރު މިސްކިތުގައި ހުރި ކަދުރު ރުކުގައި އެންމެ ފުރަތަމަ ކަދުރު އެޅީ ރަމަޟާން މަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަދުރަކީ އާންމު ގޮތެއްގައި ރަމަޟާން މަހަށް ޚާއްސަކޮށް ގިނަމީހުން ބޭނުންކުރާ ވަރަށް މީރު މޭވާއެކެވެ. ރޯދަޔަށް ތިބޭ ގިނަ މުސްލިމު އަޅުން، މަޣްރިބް ނަމާދު ބަންގިއާއެކު ރޯދަ ވީއްލުމަށް ވެސް އެންމެ ފުރަތަމަ ކާ އެއްޗަކީ ކަދުރެވެ. މިއީ އަހަރެމެންގެ މާތް ނަބިއްޔާ (ޞޢޥ) ވެސް ކަންތައް ކުރެއްވި ގޮތެވެ.

Ads by MWSC

ކަދުރަކީ މިފަދައިން ޚާއްސަ އަހައްމިއްޔަތު ކަމެއް ދެވިފައިވާ މޭވާއަކަށްވާއިރު، އާންމު ގޮތެއްގައި ކަދުރު ރުއް ފެންނަނީ ރާއްޖެއިން ބޭރުންނެވެ. ޚާއްސަކޮށް ޢަރަބި ޤައުމުތަކުންނެވެ.

ނަމަވެސް ފަހަކަށް އައިސް މީސްމީޑިއާގެ ސަމާލުކަން ހުއްޓިފައި މިވަނީ، އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަންގައި ވެސް އިންދާފައި ހުރި ކަދުރު ރުކަކަށެވެ. އެ ރުކުގައި ބައިވަރު ކަދުރު އަޅާފައި ހުރުމުން އެތައް ބަޔަކު ވަނީ އެކަމާ އާޝޯޚުވެފައެވެ.

މިރުކުގެ މައުލޫމާތު ހޯދުމުން، މިއީ މ. ދިއްގަރު ގައި ހުރި މަސްޖިދުލް ސަލާމް މިސްކިތުގެ ގޯތީގައި އިންދާފައިހުރި ރުކެއްކަން އެނގުނެވެ.

ކަދުރު ރުކާ ބެހޭގޮތުން އިތުރަށް "ދެން" އަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލު ރައީސް އަޙުމަދު ނިޝާން ވިދާޅުވީ އެ ރުކަކީ ވަރަށް ގިނަ ދުވަސްވީ ރުކެއް ކަމަށާއި ނަމަވެސް އެ ރުކުގައި އެންމެ ފުރަތަމަ ކަދުރު އެޅީ 2019 ވަނަ އަހަރުގެ ރަމަޟާން މަހު ކަމަށެވެ.

"ވަރަށް ދުވަސްވީ ރުކެއް އެއީ. ނަމަވެސް ރުކުގައި ކަދުރު އަޅަން ފެށިކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ 2019 ވަނަ އަހަރުގެ ރަމަޟާން މަހު. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ކަދުރު އެބަ އަޅާ. ގާތްގަނޑަކަށް އެއް ދުވަސް ވަރެއްގައި އަޅަނީ" ނިޝާން ވިދާޅުވިއެވެ.

ކަދުރު އަޅައި ފުރިފައިވާ މި ރުކަކީ މިސްކިތުގައި ގަސް ޖަހަން، ގަސް ގެނެސްގެން އިންދިއިރު އިންދާފައިވާ ރުކެއް ކަމަށާއި އެކަން ކޮށްފައިވަނީ އާންމު ފަރުދުންގެ އެހީތެރިކަމާއެކު ކަމަށް ނިޝާން ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް ރައީސް ވިދާޅުވީ، މި ރުކުގައި އަޅާ ކަދުރު، ވިއްކަނީ ނޫން ކަމަށާއި އޭގެ ބަދަލުގައި އާންމުންނަށް ހަދިޔާ ކުރާ ކަމަށެވެ.

"މިހާރު އަޅާ ކަދުރުތަކުގައި ހަގީގަތަށް ބުނަންޏާ ފޮނި ރަހައެއް ނުލާ. އެހެން ނަމަވެސް އެހާ ހިތި ރަހައެއް ވެސް ނުލާ. އެންމެ ފުރަތަމަ އެޅި ކަދުރުތައް ހަމަ ވަރަށް ބޮޑަށް ހިތި. މިހާރު ފޮނި ރަހަ ނުލާތީ އަނެއްހެން ބޭނުމެއް ނުކުރޭ، އެކަމަކު މިސްކިތަށް އަންނަ އެކި ފަރާތްތަކުން ބޭނުން ވެގެން ބުނީމަ ހިލޭ ހަދިޔާ ކުރަނީ" ނިޝާން ބުންޏެވެ.

ކޮންމެއަކަސް މަސްޖިދުލް ސަލާމް ގައި ހުރި ކަދުރުރުކަށް މިވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. އަދި އެތަނަށް ޒިޔާރަތް ކޮށްލަން ވެސް އެތައް ބަޔަކު ބޭނުންވާނެކަން ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo
  1. ސަރާ

    އާކަމެއްނޫން90ގެއަހަރުތަކުގައިއައްޑުއަތޮޅުމީދޫކޯގަންނުގަބުރުސްތާނުގައިހުރިކަދުރުރުކެއްގައިކަދުރުއެޅި

  2. ޢަބްދުލްމުހައިމިން

    އާޝޯޚު ނުވޭ! ތިއީ އާކަމެއް ނޫން. 1980ގެ އަހަރުތަކުގައި ބ.ކުޑަރިކިލު ހާރޫނުބޭ ގޯތި ތެރޭގައި ހުރި ރުކެއްގައިވެސް ގިނަ އަދަދަކަށް ކަދުރު އަޅައި ދޮންވި. ފޮނިރަހައެއް ނުލާ!

  3. ބިރުބޮޑު

    ތިޔަކަދުރުގައި ފޮނިރަހަލާނަމަ ތިކައުންސިލް ބާރުދަށުން ރަށްޔިތުންގެމީހާ ރަހަބަލާލަންވެސް ކަދުރެއްނުލިބޭނެ ފޮނިރަހަނުލާތީ ރަށްޔިތުމީހާއަށްދެނީ ވަރަށްސާފް އިނގޭތޯ

  4. ހެސްކިޔާފަ

    ފުވައްމުލަކުގައި ހެސްކިޔާފަ ކަދުރު ތިޔަ ރުކުގަތިބެގެން ފޮނިނުވާނެ ކަނޑާބަ އިހަލެއް ކަނޑާފަ ގުޅި އަކައް ލާބަ 7 ދުވަސް ކޮށްފަ ދެން ރަހަ ބަލާބަ އެއިރުން ފޮނިވާނެ.

  5. ހާދާލުސޮރު

    ތީ އާކަމެއް ނޫން ހައިރާނެއް އާސޯހެއްނުވޭ.ހަނިމާދޫ ގަ މިހާރު ސާޅީހަކަށް އަހަރުވީ ކަދުރު ރުކެއްހުރޭ.އެރުކުގަ އަބަދު ވެސް ކަދުރުއަޅާ ފުރިފަ އޮންނީ. އެމީހުން ކަދުރު ފޮނިކުރަނީ ރުކުގަ އިހާއޮއްވާ އިހަލަށް ފުފޭއެއް ލައްވާފަ.

  6. ޢަލީ

    ކުރީގެ މީހުން ބުނޭ ރަސޫލާ ފައިންޕުޅު ނުބީއްސަވާ ބިމެއްގަ ކަދުރު ފޮނިނުވާނޭ. މާނައަކީ ވަރަށްކުރިންވެސް ރާއްޖޭގައި ކަފުރު ހެއްދިކަމެވެ.