Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނަޝީދުގެ ތައުރީފް ސީޕީ ހަމީދަށް: ތަފާތު ކުރުމެއްނެތި ޖިންސީ ގޯނާގެ މައްސަލަތައް ބައްލަވާނެ ކަމުގެ ޔަގީންކަން އެބައޮތް

ނަޝީދުގެ ތައުރީފް ސީޕީ ހަމީދަށް: ތަފާތު ކުރުމެއްނެތި ޖިންސީ ގޯނާގެ މައްސަލަތައް ބައްލަވާނެ ކަމުގެ ޔަގީންކަން އެބައޮތް

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެއްވެސް މީހަކަށް ތަފާތު ކުރުމެއްނެތި ޖިންސީ ގޯނާގެ މައްސަލަތައް ބައްލަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލްގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަހުގީގު ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ކުރެއްވި ޓްވީޓެއްގައި ވަނީ ހަމީދުއަށް ޝުކުރު އަދާކޮށް އޭނާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

Advertisement
HDC — Sidebar (box)

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއީލް އަށް މި ތުހުމަތުތައް ކުރަނީ "މިހާރު" ނޫހުގެ އިނގިރޭސި ވާޝަން "ދި އެޑިޝަން" ގައި މަސައްކަތް ކުރާ ނޫސްވެރިއެއްކަމަށްވާ ރާއީ މުނައްވަރެވެ. އޭނާ ވަނީ، ހަސަން އިސްމާއިލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައީސް އޮފީހާއި، ފުލުސް އޮފީސް އަދި އޭސީސީ އަށް ހުށަހެޅި ކަމަށްބުނެ ޓުވީޓުކޮށްފައެވެ.

އަދި އެ މައްސަލަ ހުށަހެޅީ 4 ފެބްރުއަރީ 2020 ގައި ކަމަށާއި މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، ފިޔަވަޅެއް ނޭޅިގެން އުޅެނީ ކީއްވެތޯ، ރައީސް ސޯލިހަށް އަމާޒުކޮށް އޭނާ ޓުވީޓުކޮށްފައިވެއެވެ.

ރައީގެ ޓްވީޓަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު މިއަދު ވިދާޅުވީ ފުލުހުންގެ ޓީމާ ސުވާލު ކުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް ދެއްވުމަށް ސީޕީ ހަމީދު އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް