ޚަބަރު

ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުމަކީ ފްލެޓް ލިބުނުކަމުގެ ގާނޫނީ ހައްގު ލިބޭ ކަމެއް ނޫން: އޭޖީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ ސަރުކާރުން ފްލެޓް ލިބުނު ކަމަށް ލިސްޓް ކުރި މީހުންނަށް ދޫކުރި ލިޔުން ލިބުމަކީ، ޤާނޫނީ ގޮތުން އިލްތިޒާމެއް، ޙައްޤެއް ލިބޭނެ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރިފްޢަތު ވިދާޅުވީ ސަރުކާރުން ދޫކުރާ ލިޔުމެއްގައި ޤާނޫނީ ގޮތުން ބަދެވޭ ބަދެވުންތަކެއް އުފައްދާ ލިޔުމަކަށް ވެގެން ދަނީ އެލިޔުމުގައި ބަޔާން ކޮށްފައި އޮންނަ ވާހަކަތަކުންނާއި އެލިޔުމުގައި ބަޔާން ކޮށްފައި އޮންނަ އިލްތިޒާމްތަކުން ކަމަށެވެ.

އަދި ފްލެޓް ލިބުނު ކަމަށް ބުނާ ލިޔުމުގައި، ފްލެޓް ލިބުނު ކަމަށް ލިސްޓްގައި އޮތަސް، ލިޔުން ހަވާލު ކުރެވުނަސް، ފްލެޓް ލިބޭނީ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހުގައި ކަމަށްވާ ބުނާ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.

އަދި އެއްބަސްވުމުގެ ކުރިން، އެމީހަކު ދީފައިވާ މަޢުލޫމާތު، ފްލެޓް ލިބުނު ކަމުގެ ޝަރުތަކާ ދިމާވޭތޯ، ނުވަތަ އެމަޢުލޫމާތު ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރިތޯ ބަލަން ޖެހޭ ކަމަށް އެ ފޯމްގައި ބުނެފައިވާ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ. މީގެ އިތުރުން 2018 އޭޕްރީލް މަހުގެ 31 ވަނަ ދުވަހާ ހަމައަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، ރޯ ހައުސްއެއް ނުވަތަ ފުލެޓެއް ލިބިފައިވޭތޯއާއި ދެމަފިރިންނަށް ފުލެޓު ލިބޭ ޙާލަތުގައި ދަރިން ބަލާ ފަރާތަށް އިސްކަންދޭ ގޮތަށް އަދި ދަރިން ނެތް ހާލަތުގައި ހައުސިން މިނިސްޓްރީން ދެ ފަރާތުގެ ޙާލަތަށް ބަލައި އިސްކަންދޭނެ ފަރާތެއް ކަނޑައަޅާނެ ކަމަށް ވެސް ފޯމުގައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

މިހެން ކަމުން މިސަބަބުތަކަށް މަތީގައި އެވާ ކަންކަން ކަށަވަރު ނުކޮށް، ދަޢުލަތުގެ ނިޝާން ޖެހި ލިޔުމެއް އޮތަކަސް ފްލެޓް ލިބެން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނު ކަމުގެ ލިޔުމަކީ މުދަލުގެ މައްޗަށް ޤާނޫނީ ޙައްޤެއް އުފަން ކުރާނެ، ދަލާލަތު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެލިޔުމަކީ ޝަރުތުގެ މައްޗަށް ބިނާވާ ލިޔުމެއް ކަމަށް ރިއްފަތު ވިދާޅުވިއެެވެ. އަދި ލިޔުމުގައިވާ ޝަރުތު ހަމަނުވާނަމަ ލިޔުން ބާތިލު ކުރެވޭނެ ކަމަށާއި އެކަމަށް ޤާނޫނީ ހުރަހެއް ނޯންނާނެ ކަމަށާއި ސްޕްރީމް ކޯޓުން އެފަދަ ނިންމުންތައް ނިންމާ ގަޒިއްޔާ ކޮށްފައި ވާކަން ވެސް ރިއްފަތު ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance
  1. ސާދުނާ ހަސަން

    ކަލެއްޔައްތު ފުލެޓް ދޭންޖެހޭމީހުން އެގެންވީ ކަލެޔައް އިގޭތަށް މި މާލޭގައި މީހުން އުޅޭހާލް މި މާލޭގައި ހާލުގައި އުޅޭމީހުން އަދި މިތިބީ އެކަން ވަރައް ރަންގަޅަޔައް ބަލާބަލަ ދިރިއުޅުމުގެ ހާލު ބަލަން ސަރުކާރުން ފްނުވީ ދުލޯ އަދިރިވެފަ ދެކަންފަތް ބީރުވެފަ ތިބި ނުކުޅޭ ދޭބައެއް އެހެންނޫންނަމަ ހ ހަލަ ވެލިމާގެޔައްގޮސް ބެލިނަމަ އެތަނުގެ ހާލް އިގޭނެ ހައްވަތަ އުޅޭ ތަނަކީ މިތަތަކީތަފާތެއް ނެތް

  2. އިދްރީސް

    ބަންޑާރަ ނާއިބު ވިދާޅުވީ އަބިމީހާ ފިރިމީހާއް ފުލެޓަށް ރޯހައުސްސެއް ލިބިފައި ވާނަމަ ފުލެޓް ހައްގު ނުވާނެކަމައް އެކަމަކު ސ .ހުޅުދޫ ބުލޫގާރލް އަބުދުﷲއަޛުހީ އަބިމީހާއް ފުލެޓް ލިބިފަ ހުއްޓާ ފިރިމީހާއް ފުލެޓް މިހާރުލިބިފަ އެހުރީ މީއިންސާފް މިކަހަލަ ކިތެއްމީހުންނައް ފުލެޓްދީފައެބަހުރި

  3. ޖާނޭ

    ކީއްވެތަ ނުދޭނަމޭ ސީދާ ބުނަން ނުކެރިގެން ތިޔައުޅެނީ، ސަރުކާރު ނައިބު ރިޝްވަތު.

  4. ޖާނޭ

    އިތުރުފުޅު ނުހައްދަވާ. ސަރުކާރަށް ޤާނޫނީ ލަފާގެ ބަދަލުގައި ނުލަފާ ނުދެއްވާ!

  5. ކިނބޫ

    ކަލެއަށް ގާނޫނު ކިޔަވައިދޭން މަދާންވެއްޖެހެން ހީވަނީ. ހާދަހަ ތަނެއްދޮރެއް ނޭނގޭ ގަމާރު ސޮރެކޭ.

  6. ޢީސަދަރި

    ފްލެޓް ނުދީ ދިގުދައްމަން ވެގެން ވައްތަރު ވައްތަރުގެ ވާހަކަ ދައްކަނީ.

  7. ހައްވަ

    އޭޖީ ތިބޭފުޅާ ފުލެޓް ޔަގީންކޮއްފަ މިހާރު ލިސްޓު ގަތިބިމީހުން ނަކީ ކިހާ ހާލުގައި އުޅޭބައެއްތޯ ބަލާ ތަހުގީގު ކުރަންވީނޫންތޯ މީގެ ތެރެއިން ގިނަމީހުންނަކީ ފުލެޓާއި ބޮޑުބިމާއި އަދި ތަންތަން ދިގުމުތްދަތައް ހަދާެއި ގެން އުޅޭބަޔެއްްކަން ފާހަގަކުރަން އަަނެއްކާ ގިނަ ރުފިޔާ ތިބިބައެއްކަންފާހަގަކުރަން ތިބި ތަނުގެ ކުލި ނުދެއްކޭވަރުގެ ފަގީރުން މިތިބީ ރުއިރުއި އޭޖީ މަޖިލީސް ރައީސް ރައީސުލްޖުމްހޫރިއްޔާ މިކަން އިންސާފުން ކުރިޔަށް ގެންދިއުމައްފަހު މިލިޝްޓަށް ބަދަލް ގެނެސް އިންސާފުގެ މަގުން ގެންދާނެކަމަށް އުމްމީދުކުރަން