ލައިފްސްޓައިލް

ރާނީ އެލިޒަބަތު އަވަހާރަވުމަށްފަހު ދެން ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ކޮންބޭފުޅެއް؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

1952 ވަނަ އަހަރު އިނގެރޭސިވިލާތުގެ ރަސްކަމާ ހަވާލުވެ ވަޑައިގެންނެވި، އިނގިރޭސިވިލާތާއި އިތުރު 15 ކޮމަންވެލްތް ރެލްމް ޤައުމުގެ މިހާރުގެ ރާނީ ކްއީން އެލިޒިބަތް 2 އަކީ އިނގިރޭސިވިލާތުގައި މިހާތަަނަށް ރަނިކަން ކުރައްވާފައިވާ ރަނިކަލުންގެ ތެރެއިން އެންމެ ގިނަ ދުވަހު ރަނިކަން/ރަސްކަން ކުރެއްވި ކަމަނާއެވެ.

Ads by MWSC

ކްއީން އެލިޒިބްތް އިނގިރޭސިވިލާތުގެ ރަނިކަން ކުރައްވާތާ މިހާރު 66 އަހަރުވެފައިވާއިރު، އެކަމަނާގެ ރަނިކަމުގައި އިނގެރޭސިވިލާތުގައި ޖުމްލަ 13 ސަރުކާރެއް ވަނީ އުފެދިފައެވެ. އިނގިރޭސިވިލާތުގެ ރަނިކަން އެންމެ ގިނަ ދުވަހު ކޮށްފައިވަނީ ކްއީން ވިކްޓޯރިއާ އެވެ. އެއީ  63 އަހަރުގެ ވެރިކަމެކެވެ.

2 ޖޫން 1952 ގައި ބައްޕާފުޅު، ރަސްގެފާނު ޖޯޖް 6 އަވަހާރުވުމުން ތަޚުތާ ހަވާލެވަޑައިގަތް ކްއީން އެލިޒިބަތް ގެ އުމުރުންފުޅުން މިހާރު 95 އަހަރާ ގާތްވަނީއެވެ. މިއާއެކު، އިނގިރޭސި ވިލާތުގެ ރަސްކަމަށް ދެން ވަޑައިގަންނަވާނީ ކޮންބޭފުޅެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ވަކި ޚާއްސަ ޤާނޫނެއް އޮވެއެވެ. މި ޤާނޫންގައި ބަޔާންކުރާ ގޮތުން، ރަސްކަމަށް އިސްކުރެވޭނީ، ރަސްކަމުގައި އެވަގުތު ހުރި މީހެއްގެ އެންމެ ދޮށީ ދަރިއެވެ އަދި ފިރިހެން ދަރިންނަަށް ތަޚްތަށް އައުމަށް އިސްކުރެވޭނެއެވެ. ނަމަވެސް 2011 ވަނަ އަހަރު މިޤާނޫނު ވަނީ އިސްލާޙް ކޮށްފައެވެ. މިހާރު ތަޚްތަށް އައުމަށް އަންހެން ފިރިހެން ތަފާތު ކުރުމެއް ނޯވެއެވެ.

ކްއީން އެލިޒަބެތް އާއި ޕްރިންސް ޕިލިޕްގެ ކައިވެންޏަށް ވަނީ 4 ދަރިން ލިބިވަޑައިގެންފައެވެ. އެއީ ޕްރިންސް ޗާލްސް، ޕްރިންސް އެންޑްރޫ، ޕްރިންސް އެޑްވާޑް، އަދި ޕްރިންސެސް އޭންއެވެ.

ކްއީން އެލިޒަބެތް އަވަހާރަވެއްޖެނަމަ، ދެންވެރިކަމަށް އަންނާނީ، އެލިޒަބެތްގެ އެންމެ ދޮށީ ދަރި ޕްރިންސް ޗާލްސް އެވެ ޗާލްސް ދުނިޔޭގައި ނެތްނަމަ، ޗާލްސްގެ ދެ ދަރިން ކަމަށްވާ، ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެރީ ކުރެން ދޮށީ ދަރިފުޅަށެވެ. މިދެބޭފުޅުންގެ ތެރެއިން އުމުރުން ދޮށީ ޕްރިންސް ވިލިއަމް ކަމަށްވުމުން، ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ޕްރިންސް ވިލިއަމްސްއެވެ. އަދި ޕްރިންސް ވިލިއަމްސް އަވަހާރަވެއްޖެނަމަ، އޭނާގެ ދަރިން ކަމުގައިވާ، ޕްރިންސް ޖޯޖް، ޕްރިސްސެސް ޝާލޮޓް އަދި އަދި ޕްރިންސް ލުއީސް (ދޮށިން ހަގަށް) އެވެ.

ޝާހީ މަސްއޫލިއްޔަތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕްރިންސް ހެރީ ދުރުވި ނަމަވެސް އިނގިރޭސިވިލާތުގެ ރަސްކަން ހެރީއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެއީ ޕްރިންސް ވިލިއަމްސްގެ ހުރިހާ ދަރިން ނުވަތަ ދަރިންގެ ދަރިން ދުނިޔޭގައި ނެތް ހާލަތެއްގައެވެ. ތަޚުތާ 6 ވަނައަށް އެންމެ ކައިރީގައި މިވަގުތު ހުރީ ޕްރިންސް ހެރީއެވެ.

އިނގެރޭސިވިލާތުގެ މިހާރުގެ ވަލީ އަޙްދު އަކީ ޕްރިންސް ޗާލްސްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!