ވަގު ލިޔުން ހުށަހެޅި 15 ވެހިކަލެއްގެ ރެޖިސްޓްރީ ބާތިލުކޮށްފި

ސައްޙަ ނޫން ލިޔުން ހުށަހެޅި 15 ވެހިކަލެއްގެ ރެޖިސްޓްރީ ބާތިލު ކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިދިޔަ ފެބްރުއަރީ މަހު އިއުލާނު ކުރުމަށްފަހު، އިތުރަށް ބަަލައި 15 ވެހިކަލެއްގެ ރެޖިސްޓްރީ ބާތިލު ކޮށްފައިވާ ކަމަަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެބްރުއަރީ 23 ވަނަ ދުވަހު އެ އޮތޯރިޓީން ވެހިކަލްތަކުގެ ރަޖިސްޓްރީއާ ގުޅޭގޮތުން ބައެއް މައުލޫމާތު ސާފު ކުރުމަށް ބޭނުންވާތީ، ގިނަ އުޅަނދުތަކެއްގެ ވެރިފަރާތުން އެ އިދާރާއަށް ހާޒިރުވާން އެންގިއެވެ.
އެ ދުވަހަށް ފަހު ދެ އުޅަނދެއް ފިޔަވާ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބާތިލް ކޮށްފައެވެ.