Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަނޑުހުޅުދޫ ސުކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ކަނޑުހުޅުދޫ ސުކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ގއ. ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން އެރަށުގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދީ ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމާރިޗު މަހުގެ 5 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ގއ.ކަނޑުހުޅުދޫއަކީ ކުށްމަދު އަމާންވެއްޓެއް ގާއިމްވެފައިވާ ރަށެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުންނާއި ސްކޫލު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އާންމު އިޖުތިމާއީ މިންގަޑުތަކާ ބެހޭގޮތުންނާއި މަގުމަތީގެ އަދަބުތަކާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި  މި ދުވަސްވަރަކީ މުޅި ރާއްޖޭގައި ނުކައްކާތެރެ ބަލިމަޑު ކަމެށް ފެތުރެމުންދާ ދުވަސްވަރެއްކަމުން އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް، މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވެ ސާފްތާހިރުމަށް އިސްކަންދިނުމަށް ދަރިވަރުންނަށް އިރުޝާދުދީފައިވެއެވެ.

Advertisement
Allied Insurance — Square (box)

ގއ.ކަނޑުހުޅުދޫ ސުކޫލުގެ ގްރޭޑް 10،9،8 ގައި ތަޢުލީމު ހާސިލްކުރަމުންދާ 30 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ގއ.ކަނޑުހުޅުދޫގައި ކުށްމަދު އަމާންވެއްޓެއް ގާއިމްކޮށް ސްކޫލު ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުމަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް