ޚަބަރު

ރޮޒައިނާގެ ރައްދު ދިޔާނާއަށް: ވަގަށް ކާށިކާކަށް ގަސްދެއް ނުކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކުންފުންޏަކަށް ކްލިނިކެއް ހިންގަން، އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހުއްދަދިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފާޑު ވިދާޅުވުމުން، ރޮޒައިނާ ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރޮޒައިނާގެ ކުންފުންޏަކަށް ކްލިނިކެއް ހިންގަން މިނިސްޓަރ ފައްޔާޒް ހުއްދަ ދެއްވާފައި ވަނީ އެކަމަށް ޝަރުތު ހަމަނުވަނީސް ކަމަށެވެ.

އެ ޚަބަރު ޓްވީޓު ކުރައްވަމުން ދިޔާނާ ވިދާޅުވީ، ކާށި ކެވޭނީ ދަތް ހުރި ދުވަހު ކަމަށެވެ.

"ދަތް ހުރި ދުވަހު ކާށި ކެވޭނީ. އެކަމަކު ވަގަށް ކާށިކާކަށް ގަސްތެއް ނުކުރަން. ހަލާލު ގޮތުގައި ހޯދާ ކާށި ކާނީ" ދިޔާނާގެ ޓްވީޓަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އެކަމަނާއާއި ޑރ. އައިމިނަތު ނަޒީރުއާ ދެ ބޭފުޅުންގެ ހަމަހަމަ ހިއްސާ އޮންނަ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްއަށް، ބިޑް ކާމިޔާބުކޮށް ކްލިނިކެއް ހިންގަން ހުއްދަ ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް ޑރ. އައިމިނަތު ވިދާޅުވެފައިވާ ޚަބަރެއް ވެސް ހިއްސާ ކުރައްވަމުންނެވެ.

  1. މުހަންމަދު

    ލަޑަޔާވާނީ ހަމަ ލަޑާ، ހުސްވަގުން….ވަގު ސަރުކާރު.