ޚަބަރު

ޓޮމް، ރިސޯޓް މަސައްކަތްތެރީންނަށް : ނަތީޖާ ބަދަލު ނުކޮށް ދެން ކުރެވޭނެ ކަމެއް ނެތް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ބަދަލު ނުކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ޙައްޤުގައި ދެން ކުރެވޭނެ މަސައްކަތެއް ނެތް ކަމަށާއި އެ ކަމަށް މަސައްކަތް ކޮށްދިނުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފް ހުށަހެޅުއްވި ކޮވިޑާ ގުޅިގެން ރިސޯޓް މުވައްޒަފުންނަށް ދިމާވި ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހީންނާއި ބިދޭސީންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށެވެ. އެގޮތުން އެއް މަގާމެއްގައި ވަޒީފާ އަދާ ކުރާއިރު ވެސް ބިދޭސީންނާއި ދިވެހީންނާމެދު މުސާރައިގެ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ.

މިކަންކަން ހާމަ ކުރައްވަމުން ޓޮމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާ ބަދަލު ނުކޮށް ފަތުރުވެރިކަމުގައި މަސައްކަތް ކުރައްވާ ދިވެހީންގެ ހައްގުގައި އިދިކޮޅަށް ދެން ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.

ޓޮމް މިހެން ވިދާޅުވިއިރު މި ސަރުކާރު ގެނައުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ހުރިހާ ރިސޯޓްތަކަކުން ވެސް ރައީސް ސޯލިޙަށް ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކޮށްދިންއިރު އަދި އޭގެ ފަހުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ދިޔައިރު ވެސް ،"ރިސޯޓް ބޯއީސް" ފާހަގަ ކުރައްވާ ގޮތުގައި އެންމެ ބޮޑު އިހުމާލެއް ވެފައި އޮތީ އެމީހުންނާ މެދުގައެވެ. ޚާއްޞަކޮށް ކޮވިޑާ ގުޅިގެން ސަރުކާރުން އެކަށައެޅުއްވި ސިޔާސަތުގައި އެމީހުން ނިކަމެތި ވެފައިވާ ކަން "ރިސޯޓް ބޯއީސް"ގެ މީސްމީޑިއާ މަންސަތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

  1. މުހައްމަދު

    7އަހަރު ވީއިރުނުވީކީއްވެ