ޚަބަރު

ހަނގާއެއް ނުކުރޭ، އުފަންދުވަހުގެ މުނާސަބަތުގައި އެއްކޮށް އުޅުނު ކުދިން މަޖާކޮށްލީ: އެމްއެންޔޫއެސްޔޫ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްޓޫޑަންޓް ޔޫނިއަން އޮފީސް ތެރޭގައި، އެ ޔުނިވާސިޓީގެ ދަރިވަރަކަށް ހަނގާ/ރެގިންގް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޔޫނިއަނުން ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދަރިވަރަކު ހަނގާ ނުވަތަ ރެގިންގް ކުރި ކަމަށް ބުނެ މީސްމީޑިއާ ގައި ފެތުރެމުންދާ ފޮޓޯއަކީ، އެބުނާ ފަދަ ކަމެއް ހިނގާފައިވާ ފޮޓޯއެއް ނޫން ކަމަށެވެ.

"ހަނގާއެއް ނުކުރޭ. މިއީ 2019 ވަނަ އަހަރު ހިނގާފައިވާ ކަމެއް. ދަރިވަރެއްގެ އުފަންދުވަސް ފާހަގަ ކުރަން ވެގެން، އެއްކޮށް އުޅުނު ކްރައުޑެއް ޖެހި ސަކަރާތެއް މިއީ" އޮފިޝަލު ވިދާޅުވިއެވެ.

މީގެއިތުރުން އެ އޮފިޝަލު ވިދާޅުވީ، ހަނގާ ކުރުމާއި ރެގިންގް ކުރުން ފަދަ ކަންކަމަށް އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަނުން އެއްވެސް އިރެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ.

މި ފޮޓޯއަކީ އެމްވީކްރައިސިސް ޕޭޖުގައި ދައުރު ކޮށްފައިވާ ފޮޓޯއެކެވެ. އޭގެން ފެންނަނީ ފިރިހެނަކު އަތް ބަނދެފައި ގޮނޑިއެއްގައި ބައިންދާފައިން އިރު، ބުރާ އަދި އެހެން އެއްޗެހިތަކެއް އަޅުވާފައި އިންދައެވެ. އެޕޭޖުން ބުނެފައި ވަނީ މިއީ ރެގިންގް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ޤައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން އެކަން ދޮގު ކުރެއެވެ.

Ads by Ooredoo
  1. މީމަ

    މަޖަލަށް ވިޔަސް ޔުނިވަރސިޓީ އެއްތެރޭ ކޮށްގެން ވާނެ އަމަލެއް ކަމުގައި ނުދެކެން.

  2. ހަސަން

    ދެން އެމްއެންޔޫ ސްޓޫޑެންޓް އެސޯސިއޭޝަންއަށް ކުރަން އޮންނަ ކަމަކީ ފިރިހެނުން ބަނދެފަ ބުރުސިއަރު އެޅުވުންތަ؟ އަޖަބެއް. ގެއައްގޮސް ޔޫމެްންގެ ބައްޕަގެ ބުރުސިއަރު އަޅުވަބަލަ ވާގޮތެއް ބަލަން.

  3. ޙަހަހާ

    ޑިސިޕްލިންގ ހިފަހައްޓަންޖެހޭ. ކަންކުރުމުގެކުރިން ވިސްނަންވާނެ

  4. އަޖާއިބެއް

    އެސްޔޫ އިން ޔުނިވާސިޓީ ޑިފެންޑު ކުރަނީ. ތީ ރެގިން ނޫން ދެން ކޯޗެއް. އަވަށްޓެރި އިނޑިޔާގެ ފިލްމުތަކުން ކޮލެޖް ޅައިފުގަ އާންމުކޮށް ދައްކައިދޭ އަމަލެއް ތީ. ދެން ކޮށްފައި ހުރި މުޑޑުދާރު އަމަލެއްދޯ) ކުރޮސްޑްރެސިން އަކީ އިސްލާމްދީނުގައި ހަރާމް ކަމެއްކަން ޔިނިވާސިޓީއަށް ނޭނގޭކަމީ ދެރަކަމެއް. މިފަދަ ތަނަކުން ދީނީ ކޯސްތައް ކިޔަވާ މީހުންނަށް އެނގޭނީވަކި ކޯޗެއް. ލަދު ގަނެއްޖެ މނޔ ގެ ދަރިވަރަކަށްވެވުނީތީވެސް.

  5. ބުރާ

    އެމްއެންޔޫ ގައި ހުރިހާކަމެއް އޮންނާނީ ގައިގޯޅި ވުމާއި އެއްކޮށް

  6. ޮއޯލްޑް ސްޓޫޑެންޓް

    ޔުނި ލައިފްގަ ކުރެވޭ މިކަހަަލަ ކަންކަމުގެ ސަަބުން ފަހުންވެސް ގުޅުންބަދަހިކޮށް ގުޅުން ބޭއްވުމަށް ބާރުއަޅާ. އެއީ ގެޓް ޓުގެދަރގަވެސް އަަބަދުވެސް ދެކެވޭނި ސްކޫލް ލައިފް ނުވަތަ ޔުނި ލައިފް ގަ ކުރެވޭ ސިޔާސަ ކަންކަމުގެ ވާހަަކަ. ޔުނިވަރސިޓީގަވެސް ސްކޫލްގަވެސް ދަރިވަރުން މަޖާކުރާނެ. އަދި ފަހުން އޮފީހުގަވެސް މަސެއްކަތުގެ މއިދާނުގަވެސް. މިއީ މުހިއްމުކަމެއް. ގުޅުން ބަދަހިކުރުމަށާއި އިތުބާރު ކުރުމަށް

  7. ނާނު

    މީ މިތާންގެ ލެކްޗަރާއިންނާ ވރިންނަށް އެގިގެން ހިގާކަންތައް