ޚަބަރު

ކަޅު ބާޒާރުގައި އަނެއްކާވެސް ޑޮލަރުގެ އަގު މައްޗަށް ޖެހިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިވުމަށް ފަހު އަނެއްކާވެސް އަގު މައްޗަށް ޖެހިލައިފިއެވެ.

Ads by MWSC

ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް މަތީގައި އުޅުމަށް ފަހު، މިދޭތެރެއިން އަގު ވަނީ ވަރަށް ބޮޑުތަން ވެއްޓިފައެވެ. މިގޮތުން ޑޮލަރެއްގެ އަގު 16 ރުފިޔާއަށް މިދޭތެރެއިން ވަނީ ވެއްޓިފައެވެ. އޭގެ ކުރިން ޑޮލަރުގެ އަގު އުޅެމުން އައީ 20 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ ރޭޓެއްގައެވެ.

މިދުވަސްވަރު އަނެއްކާ ވެސް ޑޮލަރުގެ އަގު މިވަނީ މައްޗަށް ޖެހިލާފައެވެ. މިގޮތުން މިހާރު ޑޮލަރުގެ އަގު އުޅެނީ 18 ރުފިޔާއަށެވެ. އަދި ކުރިޔަށް އޮތް ތާންގައި ޑޮލަރުގެ އަގު އިތުރަށް މައްޗަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާރު ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ޑޮލަރު ވިއްކާ ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރުގެ އަގަކީ 15.42 ރުފިޔާއެވެ. ރާއްޖޭގައި ޑޮލަރުގެ އަގު ކުއްލި އަކަށް އުފުލިގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި ޑޮލަރު ފްލޯއަށް ބަދަލުތަކެއް އައުމާ ގުޅިގެންނެވެ.

އެމްއެމްއޭއިން ލަފާ ކުރާގޮތުގައި ކުރިއަށް އޮތްތާންގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ދަށް ވެގެންދާނެއެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން ދިޔުމެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!