އިންޑިއާއިން ވެކްސިން ގަތުމަށް ފިނޭންސް މިނިސްޓަރު، ޚާއްސަ ހުއްދައެއް ދެއްވައިފި

ރާއްޖެއަށް ބޭނުންވާ ކޮވިޑް ވެކްސިން އިންޑިއާއިން ގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޚާއްސަ ހުއްދައެއް ދެއްވައިފިއެވެ.
ކޮވިޑް ވެކްސިން ގަތުމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސްސާއި ދެމެދު ރާއްޖެއިން އެއްބަސްވެފައިވާއިރު، އެ ވެކްސިން ގަތުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދެއްވާފައި ވަނީ މިނިސްޓަރު އަމީރުގެ ޚާއްސަ ޤަރާރަކުންނެވެ.
އެހެންނަމަވެސް މިނިސްޓަރު މި ގަރާރު ނެރުއްވާފައި ވަނީ މާލިއްޔަތު ގާނޫނުގައިވާ އިސްތިސްނާވާ ހާލަތުގެ ބޭނުން ކޮށްގެންނެވެ. އެގޮތުން ބިޑް ކުރުމެއް ނެތި ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދެވޭނެއެވެ.
ރާއްޖެއަށް ވެކްސިން ގަތުމަށް ހަމަޖެހިފައިވާ އިންޑިއާގެ މި ކުންފުނިން ތައްޔާރު ކުރާ ވެކްސިނަކީ “ކޮވި ޝީލްޑް” ވެކްސިނެވެ.