ދުނިޔެ

ކޮރޯނާ ވައިރަސްގެ ސަބަބުން އިނގިރޭސި ވިލާތުގެ އެއް މިލިއަން މީހުން ސިނގިރޭޓް ބުއިން ހުއްޓާލައިފި : ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެ އެ ވައިރަހެއްގެ ސަބަބުން ހުއްޓުމަކަށް ގެނުވި ނުރައްކާތެރި ބަލި ކޮރޯނާ ވައިރަހުގެ ބިރުވެރި ކަމުގެ ސަބަބުން އެއް މިލިއަން މީހުން އިނގިރޭސި ވިލާތުގައި ސިނގިރޭޓު ބުއިން ހުއްޓާލައިފި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

ޗެރިޓީ އެކްޝަން އޮން ސްމޯކިންގް ހެލްތު ނަމަކަށް ކިޔާ ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ޖަމިއްޔާ އަކުން ހެދި މި ދިރާސާ އިން ދައްކާ ގޮތުގައި މީގެ އިތުރުންވެސް 440000 މީހުން ވަނީ ކޮރޯނާ ވައިރަސް ގެ ސަބަބުން ސިނގިރޭޓް ބުއިން ހުއްޓާލަން މަސައްކަތް ކޮށްފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ސިނގިރޭޓް ބުއިން ހުއްޓާލި މީހުންގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އެގޮތުން ސިނގިރޭޓް ބުއިން ހުއްޓާލި މީހުންގެ ތެރެއިން ގާތްގަނޑަކަށް 17 އިންސައްތަ މީހުންނަކީ އުމުރުން 16 އަހަރާއި 29 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

މި ދިރާސާ ކުރިއަށް ގެންދަން ފަށާފައިވަނީ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ. އެ ގޮތުން އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ގާތްގަނޑަކަށް 10000 މީހުން ސިނގިރޭޓް ބުއިން ހުއްޓާލި ކަމުގައި މި ދިރާސާއިން ދައްކާ ކަމުގައި ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.

ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ވައިރަސް އަކަށް ވާއިރު ދުންފަތުގެ އިސްތިއުމާލްކޮށް ސިނގިރޭޓް ބޯ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމުގައި ސިއްހީ މާހިރުން ފާހަގަ ކުރެއެވެ. އަދި ކޮރޯނާ ވައިރަސް ގައި ގޭގައި ލޮކްޑައުންވެ އާއިލާގެ ކައިރީގައި ވަގުތު ހޭދަ ކުރަން ލިބުމުގެ ސަބަބުން ސިނގިރޭޓް ބުއިން ހުއްޓާލުމަށް ފަސޭހަ ވާނޭ ކަމުގައި ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!