ޚަބަރު

20 މިލިޔަން ޑޮލަރުގެ މައްސަލަ ބަލަން ހުށަހަޅަން ޝަމާލް އެދިވަޑައިގެންފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އުތުރު ތިލަފަޅު އެއްބަސްވުމުގައި އެމްއެންޑީއެފްއިން ނެގި ކަމަށް ބުނާ 20 މިލިއަން ރުފިޔާގެ ރިޝްވަތުގެ މައްސަލަ ބަލަން ހުށަހަޅަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް އިއްޔެ ވަނީ ދައުރު ވެފައެވެ.

މިކަމާ ގުޅިގެން މިހާރު އެމްއެންޑީއެފް އިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ އަސްލެއް ނެތް ގޮތަށް ކަންތައް ނުކުރަން އެދިވަޑައިގަންނަވާ ކަމަށާއި އެއީ އަސްލެއް ނެތް ލިޔުމެއް ކަމަށެވެ.

"އަނެއްހެން ދަންނަވާނަމަ ހަމަ ކަނޑައެޅިގެން ރާއްޖޭގެ ސަލާމަތާއި ދިފާއީ ބާރާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރަވަމުން ގެންދަވާކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން. މިފަދަ ކަންކަން ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ހުރިހާ އޮޕްޝަން އެކްސްޕްލޯ ކުރަން ކިހިނެތްތޯ މިކަންކަން ހުއްޓުވޭނީ ކޮބައިތޯ އެޅޭނެ ފިޔަވަޅުތަކަކީ. މިހާރުވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން އެކަންކަން ބެލޭނެ ގޮތެއް އަދި ފިޔަވަޅު އެޅޭނެ ގޮތެއް ދިރާސާ ކުރަމުން" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް އިތުރަށް ވިދާޅުވީ މިގޮތުން ދިވެހި ސިފައިން 20 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެގޮތަށް ތުހުމަތު ކުރާނަމަ އެ މައްސަލަ ބަލަން ހުށަހަޅަން ޝަމާލް ވަނީ އެދިވަޑައިގެންފައެވެ.

ޝަމާލް އިތުރަށް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ އިންޑިޔާއާއި ކުރެވުނު އެއްބަސްވުމުގައި ވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، މުއާޞަލާތީ ވަސީލަތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.

އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމު ކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެ ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

Ads by Ooredoo
  1. ކިނބޫ

    އޭއި އޭއި “ފޭކް” އެއްބަސްވުން މައްސަލަ ބަލާ ނިމުނީ؟