Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން ކެނެބިސް ކަމަށް ބެލެވޭ ގަހެއް ފެނިއްޖެ!

ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން ކެނެބިސް ކަމަށް ބެލެވޭ ގަހެއް ފެނިއްޖެ!

ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން ކެނަބިސް ކަމަށް ބެލެވޭ ގަހެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ދެން” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެނެބިސް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުގައި ގަސް އިންދާފައި ހުރި ސަރަހައްދުން ކަމަށާއި، އެ ގަހަކީ ސީދާ ކެނެބިސް ގަހެއް ކަން އަދި ކަށަވަރު ވެފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު ދަރުމަވަންތަ ހޮސްޕިޓަލު ސަރަހައްދުން ކެނެބިސް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްތަކުން ކެނެބިސް ގަސްތަކެއް ވަނީ ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް