Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ދުނިޔެ ނިމޭ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފެތުރެނީ

މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ދުނިޔެ ނިމޭ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފެތުރެނީ

2021 ވަނަ އަހަރުގެ އޭޕްރީލް މަހު 29 ވަނަ ދުވަހު، ރަޝިޔާ، އެމެރިކާ އަދި ޗައިނާގައި ނިއުކްލިއާ ބޮމެއް ގޮއްވާލަން އުޅޭ ކަމަށާއި މިކަމަކީ ދުނިޔެ ނިމެން އުޅޭ ކަމުގެ ހިލަމެއް ކަމަށް ބުނެ ޓިކްޓޮކުގައި ދޮގު ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ.

“ކޮންސްޕިރާ ސީ” ނަމަކަށް ކިޔާ މި ޓިކްޓޮކް އެކައުންޓުން ބޮމެއް ގޮވާ މަންޒަރު ހިއްސާ ކުރުމަށް ފަހު ބުނެފައި ވަނީ، އެއީ “ޓައިމް ޓްރެވެލް” ކުރާ މީހަކަށް ފެނުނު މަންޒަރެއް ކަމަށާއި، އެގޮތުން ކުރިން ބުނި ތިން ގައުމުން ވެސް ވަރުގަދަ ނިއުކްލިއާ ހަމަލާ ތަކެއް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ. އަދި މި ހަމަލާތަކަށް އެމީހުން ކިޔަނީ، “ދަ ސްޓާޓް އޮފް އެން އެންޑް” ކަމުގައި ވެސް ލިޔެފައި ވެއެވެ.

މިފަދަ ކަންކަމަކީ ގިނަ ބައެއްގެ މެދުގައި ފިތުނަ އުފައްދާ، ބިރުވެރިކަން އުފައްދަން ބަޔަކު ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. އެހެނީ ދުނިޔެ ޤިޔާމަތް ވާނެ ކަމާއި، ދުނިޔެ ޤިޔާމަތް ވާނީ ހުކުރު ދުވަހެއްގައި ކަމަށާއި އަދި އެއީ ކޮން ދުވަހެއް ކަމެއް އެއްވެސް އިންސާނަކަށް އެނގިފައި ނުވާނޭ ކަމަށް މާތްالله ވަނީ އަންގަވައިފައެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން ޤިޔާމަތް ކައިރި ވުމުން ފެނިގެންދާނެ ކުދި އަދި ބޮޑެތި އަލާމާތައް ސާފު، ޞަރީޙަކޮށް ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން އެހުރީ ފެންނާށެވެ.

މިފަދަ ގޮތަކަށް ދުނިޔެ ނިމޭނެ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ އެތައް ދޮގު ޚަބަރުތަކެއް ފަތުރާފައެވެ. މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް