Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައުމު ކުޑަ ނަމަވެސް، ގައުމުގައި އޮންނަން ޖެހޭނީ އަމިއްލަ ބަސް ބުނެވޭ ވެރިކަމެއް: ނިމާލް

ގައުމު ކުޑަ ނަމަވެސް، ގައުމުގައި އޮންނަން ޖެހޭނީ އަމިއްލަ ބަސް ބުނެވޭ ވެރިކަމެއް: ނިމާލް

މި ގައުމު ކިތަންމެ ކުޑަ ނަމަވެސް ގައުމުގައި އޮންނަން ޖެހޭނީ އަމިއްލަ ބަސް ބުނެވޭ ދިވެހި ވެރިކަމެއް ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޑެޕިޔުޓީ ލީޑަރު މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާލެ އަތޮޅު ރައީސް ކަމަށް ވާދަ ކުރައްވާ ނިމާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެއިރު ދެދަޅައަށް ޖަލަށް ލިޔަސް ހިތުގައިވާ ގައުމީ ލޯތްބެއް ޖަލަކަށް ނުލެވޭނެ ކަމަށާއި ހިތުގައިވާ ގައުމީ ލޯތްބަށް ޕެޕަރ ސްޕްރޭ ނުޖެހޭނެ ކަމަށެވެ.

" ދެއިރު ދެދަޅައަށް ޖަލަށް ލިޔަސް މި ހިތުގައިވާ ގައުމީ ލޯތްބަކަށް ޖަލަކަށް ނުލެވޭނެ ، މި ހިތުގައިވާ ގައުމީ ރޫޙަކަށް ޕެޕަރ ސްޕްރޭއެއް ނުޖެހޭނެ ، ބޭރުގެ އެއްވެސް ނުފޫޒެއް މިގައުމުގެ މައްޗަށް އޮވެގެން ނުވާނެ ، ގައުމު ކުޑަ ނަމަވެސް މި ގައުމުގައި އޮންނަން ޖެހޭނީ އަމިއްލަ ބަސް ބުނެވޭ ދިވެހި ވެރިކަމެއް" މިހާރު އިދިކޮޅުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ކޮންމެ ދުވަހަކުހެން ހައްޔަރަށް ގެންދާ ނިމާލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/nimalkokaa/status/1373236836659654659?s=21

ނިމާލް މިފަދައިން ވިދާޅުވެފައި ވާއިރު އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސިއްރު ކުރެވިފައިވާ އެ އެއްބަސްވުމުގައި ވާ ގޮތުން އިންޑިއާ ސިފައިންނަށް ދިގު މުއްދަތަކަށް މި ގައުމުގައި ތިބެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ އިސްތިގްލާލަށް ބުރޫ އަރާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް