ޚަބަރު

އަޅުގަނޑަށް އެނގެނީ ނޫސްވެރިކަން ކުރަން، އެހެންވީމަ ނޫހަކުން ފެންނާނެ: ފިޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހުސެއިން ފިޔާޒް މޫސާ/ ފޮޓޯ: އަވަސް

އިންފޮމޭޝަން ކޮމިޝަނަރު ކަމުން މިއަދު އިސްތިއުފާ ދެއްވި ހުސެއިން ފިޔާޒް މޫސާ ނޫހަކުން ފެންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރިން ވެސް ނޫސްވެރިއެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ފިޔާޒް، އިންފޮމޭޝަން ކޮމިޝަނަރު ކަމުން އިސްތިއުފާ ދެއްވީ ނޫހެއް ހިންގެވުމަށް ކަމަށް މިއަދު ވަނީ އަޑު ފެތުރިފައެވެ.

މިކަމާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ފިޔާޒް ވިދާޅުވީ އޭނާއަށް އެނގެނީ ނޫސްވެރިކަން ކުރަން ކަމަށާއި އެހެންކަމުން ނޫހަކުން ފެންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ބައްޕައަކީ އެން ކެޔޮޅެއް، އަޅުގަނޑަކަށް ނޭނގޭ އެގޮތަށް އެން އުކާކަށް. މަންމަ ގަސް އިންދާ ހެއްދި، އެކަމަކު އަޅުގަނޑަކަށް ނޭނގޭ ދަނޑުވެރިކަން ކުރާކަށް. އަޅުގަނޑަށް އެނގެނީ ނޫސްވެރިކަން ކުރަން، އެހެންވީމަ ނޫހަކުން ފެންނާނެ"

ފިޔާޒް ފެންނާނީ ކޮން ނޫހަކުން ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވީ އެއީ އަދި "ސަސްޕެންސެއް" ކަމަށެވެ.

ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019ގައެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވައިފިކަން ރައީސް އޮފީހުން ވެސް މިހާރު ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ނޫސްވެރިކަމުގެ ހަޔާތް ފިޔާޒް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު "މިއަދު ނޫހުން" ނެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

Ads by HDC
  1. ޖާނޭ

    ތިބޭފުޅާއަށް އެގޭނީ ނަޝީދު ރުހޭ ގޮތަށް ކަންކަން ކުރަން. ޕާރޓީ ޕްރޮމޯޓް ކުޜާނެ ލާރިގަނޑެއް ކޮންމެވެސް ޗާރޗަކުން ލިބުނީ ކަމަށްތިޔަވާނީ.

    • ތީހަމަގައްދާރެއް ތީނަދައްކާ ވާހަކަ ދިވެހިރައްޔަތުން ދެންބަލާގަންނަން ވަރަށްދަތިވާނެ

  2. ސޮފީ ސައީދު

    ފިޔާޒު އުޅުއްވަނީ ރައީސް ނަޝީދުގެ ބެކިންގައި އުފަންކުރަން މަސައްކަތްކުރާ “އަދަދު” ނޫހާ ހަވާލުވާން.