Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ހުރައިން 18 މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ހުރައިން 18 މީހަކު ފައްސިވެއްޖެ

ކ. ހުރާއިން 18 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހުރާއިން އެންމެ ފުރަތަމަ މިބައްޔަށް ފައްސިވެފައި ވަނީ އެރަށުން މާލެ ގެންދިޔަ މީހެކެވެ. އެ މީހާ ފައްސިވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އޭގެ ފަހުން އެރަށުން ނެގި ރޭންޑަމް ސާމްޕަލްތަކުން 18 ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

Advertisement
Ooredoo — Truecaller (box)

ހުރާ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން މީހަކު ކޮވިޑަށް ފައްސި ވުމުން، ރޭންޑަމް ސާމްޕަލް ނެގުމުގެ އިތުރުން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ ވެސް ވަނީ ހަދާފައެވެ.

ހުރާއިން މާލެ ގެންދިޔަ މީހަކު ފައްސިވުމުން، އެރަށް މިހާރު ވަނީ މޮނީޓަރިންގަށް ލާފައެވެ.

ރާއްޖެއިން މިހާތަނަށް 22،929 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އަދި 20،359 މީހުން ބަލިން ފަސޭހަ ވެފައިވާއިރު، 66 މީހުން މިބަލީގައި ނިޔާވެފައި ވެއެވެ.

ހުރާގެ އިތުރުން ކޮވިޑަށް ފައްސި ކޭސްތަކެއް ފެނުމާ ގުޅިގެން ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު އަދި ފެލިވަރު ވެސް މިވަގުތު ވަނީ މޮނީޓްރިންގަށް ލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް