ވިޔަފާރި

ކުކުޅު ފިހާރައިން، ރޯދައަށް ކުކުޅުގެ އަގު މާބޮޑަށް ހެޔޮކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ އަދި އެންމެ ހެޔޮ އަގުގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ރޯދަ އާ ދިމާކޮށް، އެ ފިހާރައިން ވިއްކަމުން އަންނަ ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފިއެވެ.

Ads by Hajj Corporation

ރޯދަ ސޭލްގެ ދަށުން އެ ފިހާރައިން ވަނީ ކުރީގެ އަގަށް ވުރެ ކޮންމެ ކޭހަކުން ވަރަށް ބޮޑުތަން ހެޔޮ ކޮށްފައެވެ.

އެގޮތުން އެ ފިހާރައިން 800 ގްރާމް ކުކުޅު ކޭހެއް 224ރ. އަށް ލިބޭ އިރު 900 ގްރާމްގެ ކުކުޅު ކޭހެއް ލިބެނީ 252ރ. އަށެވެ. އަދި 1،000 ގްރާމް ކުކުޅު ކޭސް 280ރ.، 1،100 ގްރާމު ކުކުޅު ކޭސް 308ރ.، 1،200 ގްރާމް ކުކުޅު ކޭސް 336ރ.، 1،300 ގްރާމް ކުކުޅު ކޭސް 364ރ.، އަަދި 1،400 ގްރާމް ކުކުޅު ކޭސް 492ރ. އަށް ލިބޭނެ އެވެ.

ކުކުޅުގެ އިތުރުން އެ ފިހާރައިން ބީފް އާއި ސޮސެޖާއި ޗީޒް ފަދަ ބާވަތްތައް ވެސް ލިބެއެވެ. މި ބާވަތްތައް ވެސް ވަނީ ވަރަށް ބޮޑަށް އަގު ހެޔޮ ކޮށްފައެވެ.

ރޯދަ ޕްރޮމޯޝަންގެ އިތުރުންވެސް ކުކުޅު ފިހާރައިގައި އަންނަނީ އިތުރު ޕްރޮމޯޝަން އެއްވެސް ކުރިއަށް ގެންދަމުންނެވެ.އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކުކުޅު (ކޮށާފައި) ހިލޭ ލިބޭނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. ކުކުޅު ފިހާރައިގެ ހޯލްސޭލް ސެންޓަރު ހުންނާނީ މާލޭގެ ނިކަގަސް ހިނގުމުގައެވެ. ހޯލް ސޭލްކޮށް ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!