ޚަބަރު

އެމްއެންޔޫއެސްޔޫ - ސިއާ މަދަހަ މުބާރާތް މިފަހަރު ތަފާތު ގޮތަކަށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް (ސިއާ)އާ ގުޅިގެން 1442ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން ބާއްވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މި މުބާރާތާ ބެހޭ ގޮތުން "ދެން"އާ ވާހަކަ ދައްކަމުން ސިއާގެ އެކްޓިވިޓީސް ވައިސް ޕްރެޒިޑެންޓް މުހައްމަދު ޝިފާއު ވިދާޅުވީ މި މުބާރާތް ބޭއްވުމަށް ސިއާއިން ނިންްމާފައި ވަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.

"މި ދުވަސްވަރަކީ ކޮވިޑް-19އާ ގުޅިގެން ފޭސްޓުފޭސް އެއްވެސް ހަރަކާތެއް ބޭއްވޭ ކަހަލަ ދުވަސްވަރެއް ނޫން. އެހެންވެ މި މުބާރާތް ބާއްވަން މި ގަސްތު ކުރަނީ ޑިޖިޓަލްކޮށް، އެހެން ނަމަވެސް ވަރަށް ޝައުގުވެރި ގޮތަކަށް"

ޝިފާއު

"ދެން"އާ ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މި މުބާރާތުގެ ބައިވެރިން މަދަހަ ހުށަހެޅުމަށް ހަމަ ޖެހިފައިވަނީ ޔޫނިއަން އާއި ސިއާއިން ކަނޑައަޅާ މާލަމެއްގައި ކަމަށެވެ. އަދި މަދަހަ ހުށަހަޅަމުންދާ ވަގުތު، އެ މަދަހަ ރިކޯޑް ކުރެވޭނެ ކަމަށާއި މަދަހަ ހުށަހަޅައި ނިމުމުން ފަނޑިޔާރުން އެ މަދަހައާ ގުޅޭގޮތުން ބަހެއް ވިދާޅުވާނެ ކަމަށެވެ.

މިއީ ސިއާއިން ބާއްވާ ފުރަތަމަ މަދަހަ މުބާރާތަށްވާއިރު މި މުބާރާތް ވެގެންދާނީ މިއަހަރު ސިއާއިން ބާއްވާ ފުރަތަމަ ހަރަކާތަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު ގައުމީ ޔުނިވާރސިޓީގެ ކޮންމެ ފެކަލްޓީއެއްގެ ކޮންމެ ދަރިވަރަކަށް ވެސް މި މުބާރާތުގައި ބައިވެރި ވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިހާރު ސިއާ ފޭސްބުކް ޕޭޖުން ލިބިގެން ދާނެއެވެ. އަދި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 9900943 ނުވަތަ 9922891 އަށް ގުޅުއްވުމަަށް ސިއާއިން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!