ލޮކްޑައުންގައި ނުޝްރަތު ބަރުޗާ ދަސްކުރީ ވަށްކޮށް ރޮށިދަމަން
ލޮކްޑައުން އާއެކު އަބަދު ގޭގައި ތިބެން ޖެހުން ވެގެންދިޔައީ ގިނަ ބަޔަކު ތަފާތު އެކި އެކި އާ ކަންތައްތަކެއް ދަސްކުރަން މެދުވެރިވި ސަބަބަކަށެވެ. ހަމައެހެންމެ ބަދިގެ ތެރޭގައި ގިނަ ވަގުތު ހޭދަކުރަން ވެސް ލިބިގެންދިޔައެވެ. މީގެ ތެރޭގައި ބޮލީވުޑް ސްޓާރުން ވެސް ހިމެނެއެވެ.
އެގޮތުން ބޮލީވުޑްގެ ތަރި ނުޝްރަތު ބަރުޗާ ވަނީ ލޮކްޑައުންގައި ވަށްކޮށް ރޮށި ދަމަން ދަސްކޮށްފައެވެ.
ދާދި ފަހުން ނުޝްރަތު ވަނީ އިންސްޓަގްރާމް ގައި ފޮޓޯއެއް ހިއްސާކޮށް، އޭނާ އާ އަށް މިހާރު ރޮށި ދަަމަން ދަސްވެއްޖެ ކަމަށް ބުނެފައެވެ. މަންމަ އާއެކު ނަގާފައިވާ މި ފޮޓޯގައި އޭނާ ދަމާފައިވާ ރޮށްޓެއްވެސް ހިއްސާކޮށްފައިވެއެވެ.
ނުޝްރަތު ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރު ރާއޯ އާއި އެކު ޗައްލާންގް އިން ނެވެ.