Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑް ކުރަމުން ދަނީ ސީދާ ޤާނޫނާއި ޚިލާފަށް: ޑރ. ޝަހީމް

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑް ކުރަމުން ދަނީ ސީދާ ޤާނޫނާއި ޚިލާފަށް: ޑރ. ޝަހީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކޮށް އަދި ސަސްޕެންޑު ކުރަމުންދަނީ ސިޔާސީ ބަދަލު ހިފުމާއި ހަސަދަވެރިކަން އިސްކޮށް، ސީދާ ޤާނޫނާ ޚިލާފަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާތް ﷲ އިރާދަކުރެއްވިއްޔާ، އެގޮތަށް ވަކި ކުރެވޭ އެންމެ ބޭފުޅުން ޢިއްޒަތުގައި އަދި ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާނެ ކަމަށާއި ދެރަ ނުވުމަށެވެ.

Advertisement
Allied — Dhen Online (box)
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 22, 2020

ޑރ. ޝަހީމް މިފަދައިން ވިދާޅުވިއިރު، ޖޭއެސްސީން މިރޭ ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ފަނޑިޔާރުކަމުން ސަސްޕެންޑު ކޮށްފައެވެ.

މިނިންމުން ނިންމާފައިވަނީ އެމަނިކުފާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ކަމަށް ޖޭއެެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެގޮތުން ސުޖާއު އުސްމާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ ފުރަތަމަ މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ކަމަށް އެނގިފައިވެއެވެ.

ސުޖާއު އުސްމާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ ދެވަނަ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް